ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 07:33
ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން
ސަވާދިއްތަ ދަތުރުގެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން
ސަވާދީއްތަ ދަތުރު
ފަތުރުވެރިކަން
ރަޝިއާއިން އައި ފަތުރުވެރިން 75،000 އާ ގާތްކޮށްފި
ރަޝިއާއާ ޖެހިގެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން
މިއަހަރުގެ މިހާތަނަށް 621،093 ފަތުރުވެރިން ވަނީ އައިސްފައި

އަހަރުގެ މިހާތަނަށް ރަޝިއާ މާކެޓުން އައި ފަތުރުވެރިންގެ އަދަދު 75،000 އާ ގާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި ހިނގާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ މާކެޓުންނެވެ. އަހަރުގެ މިހާތަނަށް އެ މާކެޓުން 74،913 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 12.1 އިންސައްތަ މާކެޓު ހިއްސާއެވެ.

ރަޝިއާއާ ޖެހިގެން ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ މާކެޓުން 65،929 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ 10.6 އިންސައްތަ މާކެޓު ހިއްސާއެވެ. އިންޑިއާއަށްފަހު އިނގެރޭސިވިލާތް މި ލިސްޓުގައި ހިމެނޭއިރު އެ މާކެޓުން 60،870 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ 9.8 އިންސައްތާ މާކެޓު ހިއްސާއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ހިމެނެނީ އިޓަލީ، ޖަރުމަނު، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޒަރލޭންޑް އަދި ސައުތު ކޮރެއާއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އޭޕްރީލް 18ގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް 621،093 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 18.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރު އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް 5،751 ފަތުރުވެރިން އަންނަކަމަށް ރެކޯޑުކޮށްފައިވާއިރު، 7 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

- ކޮމެންޓް