ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 07:32
ފަރުމާ އާރޓް ފެސްޓިވަލް
ފަރުމާ އާރޓް ފެސްޓިވަލް
ޔޫތު މިނިސްޓްރީ
ފަރުމާ އާރޓް ފެސްޓިވަލް
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލެއް ބާއްވަނީ
މި ފެސްޓިވަލް އޮންނާނީ 8 މެއި އިން 13 މެއި އަށް
7 ގައުމެއްގެ އާޓިސްޓުން ބައިވެރިވާނެ

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައެވެ. މިއީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

މިނިސްޓަރު މަޚުލޫފް ވިދާޅުވީ މި ފެސްޓިވަލް އޮންނާނީ 8 މެއިއިން 13 މެއިއަށް ކަމަށެވެ.

"ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް" ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގަައި 7 ގައުމެއްގެ އާޓިސްޓުން ބައިވެރިވާނެ ކަމަށް މިނިސްޓަރު މަޚުލޫފް ވިދާޅުވިއެވެ.

ރާއްޖޭގައި އާޓިސްޓުންނަށް ޚާއްސަކޮށް އެކި ހަރަކާތްތައް މީގެ ކުރިން ކުރިއަށްގެންދިޔަނަމަވެސް މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް