ކ. މާލެ
|
22 އޭޕްރިލް 2023 | ހޮނިހިރު 13:00
ލުބްނާންގެ ކުރީގެ ގަވަރުނަރ
ލުބްނާންގެ ކުރީގެ ގަވަރުނަރ
ރޮއިޓާރސް
ލުބްނާންގެ ކުރީގެ ގަވަރުނަރަށް ދައުވާކުރަނީ
ލުބްނާންގެ ސެންޓްރަލް ބޭންކްގެ ކުރީގެ ގަވަރުނަރަށް މަކަރު ހެދުމާއި މަނީ ލައުންޑަރކުރުމުގެ ދައުވާ އުފުލަނީ
ރާމިދުގެ އިތުރުން އޭނާގެ ބޭބެ ރާޖާ ވެސް 300 މިލިއަން ޑޮލަރުގެ މުއާމަލާތްތައް އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ

ލުބްނާންގެ ސެންޓްރަލް ބެންކްގެ ކުރީގެ ގަވަރުނަރު ރިއާދް ސަލަމެހް އާއި ދެކޮޅަށް މަކަރު ހެދުމާއި މަނީ ލައުންޑަރކުރުމުގެ ދައުވާ އުފުލަން ނިންމާފައިވާ ކަމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ފްރޯޑް އާއި މަނީ ލައުންޑަރކުރުމުގެ ދައުވާ ރިއާދުގެ މައްޗަށް އުފުލާނެ ކަން އޭނާ އަށް އަންގާފައެވެ. އަދި އޭނާ އަށް އެ ދައުވާ އުފުލަން ނިންމާފައި ވަނީ އޭނާގެ މުދަލުގެ ހަގީގަތް އޮޅުވާލުމަށް ބޭންކް ސްޓޭޓްމެންޓްތައް ފޯޖް ކުރިކަމަށް ބުނެއެވެ. ބައިނަލްއަޤުވާމީ ނޫސް އެޖެންސީއެއް ކަމަށްވާ ރޮއިޓަރސްގައި ބުނެފައި ވަނީ ރިއާދު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ފޯރޖްކޮށްފައިވާ ލިޔުންތައް އެ ނޫސް އެޖެންސީގެ ނޫސްވެރިންނަށް ފެނިފައިވާ ކަމަށެވެ.

އަދި އެ ލިޔުންތަކަށް ބަލާއިރު އެނާގެ ބޭންކް ސްޓޭޓްމަންޓްތައް ފޯޖުކޮށްފައިވާކަން އެނގޭ ކަމަށް ބުނެފައިވެއެވެ. މިކަމާއި ގުޅޭ އަޑުއެހުމެއް ފްރާންސްގައި އަންނަ މޭއި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ އަޑުއެހުމުގައި އޭނާ އާއި ދެކޮޅަށް ދައުވާކުރުމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ތައްޔާރުވެފައެވެ. މިކަމާއި ގުޅޭގޮތުން މީޑިއާ އަށް ބަހެއް ބުނުމަށް ރިޔާދު ވަނީ ދެކޮޅު ހަދާފައެވެ. އޭނާ ފޭކް ޑޮކިއުމެންޓްތަކެއް ގެންގުޅުނު ކަމަށައި، ބޭންކްގެ ރަސްމީ ލިޔެކިޔުންތައް ފޯޖުކުރިކަމަށް ބުނެ އުފުލާ ދައުވާ އާއި ގުޅިގެން މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް އޭނާ ހުރީ ހަނެވެ. އެހެންނަމަވެސް މީގެ ކުރިން އޭނާ ވަނީ އޮޅުވާލުމާއި މަނީ ލައުންޑަރކުރި ކަމަށް ބުނެ ކުރަމުން އައި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނަމަވެސް އޭރު އޭނާ އާއި ދެކޮޅަށް ހެކި ހުރިކަން އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ އާއި ދެކޮޅަށް ދައުވާ ކުރަން ވެސް ނިންމާފައެއް ނުވެއެވެ. އޭރު އޭނާ ބުނީ އެފަދަ ތުހުމަތުތަކެއް އޭނާ އާއި ދެކޮޅަށް ކުރަމުން އައީ ލުބްނާނަށް 2019 ވަނަ އަހަރު ދިމާވި މާލީ ކާރިސާ އާއި ގުޅިގެން ކަމަށެެވެ. ރާމިދުގެ ލޯޔަރު މި މަހު ކުރީކޮޅު ބުނީ ރާމިދު އާއި ދެކޮޅަށް ކުރާ ދައުވާތަކުގެ އަޑު އެހުމަށް އޭނާ ފްރާންސަށް ދާނެކަން ނުވަތަ ނޫން ކަން އަދި ނިންމާފައި ނުވާ ކަމަށެވެ.

ލުބްނާންގެ ކަމާއި ގުޅޭ އިދާރާތަކާއި ފްރާންސް ހިމެނޭހެން ޔޫރަޕްގެ އިތުރު ޤައުމުތަކާއި ގުޅިގެން ހިންގާ ތަހުގީގުތަކުގައި ރާމިދުގެ އިތުރުން އޭނާގެ ބޭބެ ރާޖާ ވެސް 300 މިލިއަން ޑޮލަރުގެ މުއާމަލާތްތައް އޮޅުވާލި ކަމަށް ތުހުމަތުކުރެވެއެވެ. އެއީ ރައްޔިތުންގެ ފަންޑުގެ ފައިސާއެވެ. އެ ފައިސާ ބޭނުންކޮށްގެން އަމިއްލަ މުދާ ގަތުމަށް މުއާމަލާތް ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ.

- ކޮމެންޓް