ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 10:41
ރައީސް އީދު ނަމާދަށް ވަޑައިގެންނެވުން
ރައީސް އީދު ނަމާދަށް ވަޑައިގެންނެވުން
ރައީސް އޮފީސް
ފިތުރު އީދު
އީދު ނަމާދު ޖަމާއަތުގައި ރައީސް ބައިވެރިވެވަޑައިގެންފި
 
ރައީސް ވަނީ ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވާފައި

ބަރަކާތްތެރި ފިޠުރު ޢީދާ ގުޅިގެން އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި ޢީދު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ. 

ޢީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ ޢީދު ސަލާމް ކުރައްވާފައެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

އަދި އީދު ދުވަހާއި ގުޅިގެން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާގެ ޚިޠާބެއް ފޮނުއްވާފައެވެ. މި ޚިޠާބުގައި ވަނީ ރޯދައިގެ އަޅުކަމުން ލިބިދިން ފިލާވަޅުތަކާއި އިހްސާސްތަކާއި ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ވަރަށް އެކަށީގެންވާ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
20%
0%
40%
20%
20%
ކޮމެންޓް
ގުޅުންހުރި