ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 00:47
މާޒިޔާއާއި ބުރު ވާދަކުރި މެޗުގެ ތެރެއިން
މާޒިޔާއާއި ބުރު ވާދަކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޕްރެޒިޑެންޓް ކަޕް
ވަރުގަދަ މާޒިޔާ ބަލިކޮށް، ތާރީހީ މޮޅަކާއެކު ބުރު ސެމީ އަށް
މިބައްޔާއެކު ނިއުރޭޑިއަންޓްގެ ރެކޯޑް މުގުރާލަން މާޒިޔާއިން އިތުރު ސީޒަނަކަށް އިންތިޒާރު ކުރަންޖެހޭނެ

ފުރަތަމަ ޑިވިޝަންގައި ބުރު ސްޕޯރޓްސް ކްލަބްގެ ފުރަތަމަ މޮޅު ވަރުގަދަ މާޒިޔާ އަތުން 2-1އިން ހޯދައިގެން ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ނަމަވެސް މި ބަލީގެ ހިތްދަތިކަން ގުޅިފައިވަނީ މުޅިން އެހެން ސަބަބަކާއެވެ. އެއީ ރާއްޖޭގެ އެންމެ ކާމިޔާބ ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިނުވެ ސީޒަނެއް ކާމިޔާބު ކުރި ރެކޯޑާ އަރާ ހަމަހަމަ ކުރަން މާޒިޔާ އަށް އިތުރު ސީޒަނަށް އިންތިޒާު ކުރަން ޖެހުމެވެ. ނިއުއިން މިކަން ހާސިލްކުރީ 2013ގަ އެވެ.

ޤައުމީ ޓީމްގެ ފުރަތަމަ އެގާރައާއެކު ދުރާލާ މި ސީޒަނަށް ތައްޔާރުވި މާޒިޔާގެ މައްޗަށް ޕްރެޒިޑެންޓް ކަޕްގައި ބުރުން ކުރި ހޯދީ ސެމީ އަށް ދިއުމަށް ކޮންމެހެން ނަތީޖާ ނެރެންޖެހިފައި އޮއްވަ އެވެ. މީގެ ދެ އަހަރު ކުރިން މާޒިޔާއިން އެންމެ ތިން މެޗަށް ފަހު ސަބަބެއް ނުދައްކައި އެ ޓީމުން ބޭރުކޮށްލި ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅުނު ބުރު މެޗު ފެށީ ވެސް ވަރުގަދަކޮށެވެ.

ނަތީޖާއެއްގެ ގޮތުން ރަނގަޅު ޕްރީ ސީޒަނެއްނެތި ސީޒަނާކުރިމަތިލި ނަމަވެސް ބުރުން ެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ރަނގަޅު ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފް ނިމެން ދަނިކޮށް މާޒިޔާގެ ބިދޭސީ ޑިފެންޑަރ އެޑްގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބުރުގެ އިބްރާހީމް އުސާމާ ތިރިތިރިން ނަގައިދިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަނީ ބައިކޮޅަށެވެ. ދެވަނަ ހާފްގައި ބުރުން ލީޑް ފުޅާކުރީ ހުސެއިން ޝާވިން ޖެހި ލަނޑުންނެވެ. މިލަނޑުގައިވެސް އިބްރާހީމް އުސާމާގެ ދައުރު ބޮޑެވެ. ބުރުން ދެވަނަ ލަނޑު ޖެހުމުގެ ކުރިން މާޒިޔާއެއް ލަނޑެއް ޖަހާ އުއްމީދެއް ހޯދިނަމަވެސް, ލަނޑުޖެހުމުގެ ކުރިން ކީޕަރަށް ފައުލްކޮށްފައިވާތީ ގޯލް ބަލައިނުގަތެވެ. މާޒިޔާގެ ހަމައެކަނި ލަނޑަކީ ޕެނަލްޓީއަކުން އިބްރާހީމް އައިސަމް ޖެހި ލަނޑެކެވެ, އެއީ ދެވަނަ ހާފްގައި ކުޅެން ނިކުތްއ ހަންނައަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. 78 ވަނަ މިނިޓްގައި ޖެހި ލަނޑަށްފަހު މާޒިޔާއިން ކުރިއަށް އަރައިގެން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. ބުރުން މެޗު ލަސްކުރަން މަސައްކަތްކުރުމާއެކު އިތުރު ވަގުތުގެ ގޮތުގައިވެސް ދިހަ މިނިޓް ކުޅުނެވެ.

މިމޮޅާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ލިބުނީ ބުރަށެވެ. އެއްވަނަ ޓީމަކީ މާޒިޔާއެވެ. މިގްރޫޕްގެ ޓިސީއާއި ބުރާއި މާޒިޔާއަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ޓީސީން ބުރު ބަލިކުރިއެވެ. މާޒިޔާއިން ޓީސީ ބަލިކުރިއެވެ. ތިން ޓީމްގެ ތަރުތީބު ކަނޑައެޅުނީ ހެޑް ޓު ހެޑާއި, ޕޮއިންޓްވެސް އެއްވަރުވެ ފައިދާ ގޯލުންނެވެ. މިނަތީޖާއަކީ މާޒިޔާއަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ. ބިދޭސީ ކޯޗަކާއި ބިދޭސީ ކުޅުންތެރިންނާއި, ޤައުމީ ސްކޮޑް ގޮވައިގެން ނިކުމެ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބުރުން އަތުން ބަލިވެ ސީޒަނަށް އިތުރަށް މާޒިޔާ ސަމާލުކަން ވާންޖެހޭނެއެވެ.

- ކޮމެންޓް