ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 13:12
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބަޔާނަށް ވުރެ ސިޓީ މޮޅު، ސެމީގައި އޮތުމަކީ އޭގެ ހެތްކެއް: ގާޑިއޯލާ
 
ގާޑިއޯލާ ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި ނަތީޖާ އަކީ 4-1 އަށް ވީ ނަމަވެސް، ދެ މެޗުގެ އަސްލު ހަގީގަތް އެއިން ނުފެންނަ ކަމަށް

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވުރެ މެންޗެސްޓަރ ސިޓީ މޮޅު ކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސިޓީ އޮތުމަކީ އޭގެ ހެއްކެތް ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބަޔާނާ އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. ދެ ވަނަ ލެގުގެ ނަތީޖާ އެއްވަރުވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދަނީ ސިޓީ އެވެ. މި ދެ ޓީމު ސިޓީގެ ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރީ ސިޓީ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާދެވުމަކީ އޭނާ އަށް ލިބޭ އުފަލެެއް ކަމަށެވެ. އަދި އޭނާ ޤަބޫލު ކުރާ ގޮތުގައި ނަތީޖާ އަކީ 4-1 އަށް ވީ ނަމަވެސް، ދެ މެޗުގެ އަސްލު ހަގީގަތް އެއިން ނުފެންނަ ކަމަށެވެ. ބަޔާންއަކީ ކޮން ފެންވަރެއްގެ ޓީމެެއް ކަމާއި، އެމީހުންގެ މޮޅުކަން އެނގުމުން އެ ނޫން ގޮތަކަށް އުންމީދު ވެސް ނުކުރާ ކަމަށް ގާޑިއޯލާ ބުންޏެވެ. މީގެ ކުރިން ބަޔާނަށް ވެސް އިރުޝާދު ދީފައިވާ ގާާޑިއޯލާ ބުނީ، އޭނާ ބަޔާންގައި މަސައްކަތް ކުރިއިރު އެމީހުންގެ ބުންވަރު ވަރުގަދަ ކަމަށާއި، މޮޅުކަން އިނގުނު ކަމަށެވެ. ނަމަވެސް އެކަން އެންމެ ރަނގަޅަށް ފެންނަނީ ބަޔާނާ ދެކޮޅަށް ކުޅޭއިރު ކަމަށެވެ.

ދެ ޓީމަށް ވެސް އިރުޝާދު ދީފައިވާތީ، ސިޓީ އަށް ވުރެ ބަޔާން މޮޅު ކަމަށް ޤަބޫލު ކުރަންތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މޮޅީ ސިޓީ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ބަޔާންގެ މައްޗަށް ކުރި ހޯދައިގެން ސިޓީން ސެމީ އަށް ދިޔުން ކަމަށެވެ. އަދި މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑު އަތުން ބަލިވި ނަމަވެސް، ރެއާލަށް ވުރެ ސިޓީ ބަލި ކަމަށް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި މިވީހާތަނަށް މަސައްކަތް ކުރި ޗެމްޕިއަންސް ލީގުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކަމަށެވެ. އެހެންކަމުން ޗެމްޕިއަންސް ލީގު މެޗުތަކަކީ އަބަދު ކުޅެން ލިބޭ ފުރުސަތެއް ނޫންކަމަށް ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، އެ މެޗުތަކުގައި ޖެހޭނީ ވަރަށް ސާބިތުކަމާއެކު ތިބެން ކަމަށެވެ. އެހެންކަމުން ލިބޭ ޕެނަލްޓީ ވެސް ނާކާމިޔާބުކޮށްގެން ނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވުނު ނަމަވެސް، އެކަމުގެ ކްރެޑިޓް ނަގާނީ އޭނާ ނޫން ކަމަށާއި، ފައިނަލަށް ދެވެނީ އެތައް ކަމެއް އެއްވެގެން ކަމަށެވެ.

އަހަރެން މިހާރު ތިކަން ޤަބޫލު ނުކުރަން. ސަބަބަކީ އަހަރަމެންނަށް ސެމީ ފައިނަލްގައި އޮވެވުނީ ބަޔާން ބަލިކޮށްގެން، މާނަ އަކީ އެމީހުންނަށް ވުރެ އަހަރަމެން މޮޅޭ.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީ

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވެސް ސިޓީން ކުޅުނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެފަހަރު ފުރަތަމަ މެޗު 4-3 އިން ސިޓީ ކާމިޔާބުކޮށްފައި ވަނިކޮށް، ރެއާލުން ވަނީ ދެ ވަނަ މެޗު 3-1 އިން ކާމިޔާބުކޮށް، އެގްރިގޭޓުން ކުރި ހޯދައިގެން ފައިނަލށް ދަތުރުކޮށްފަ އެވެ. މިފަހަރު މި ދެ ޓީމު ކުޅޭ ސެމީގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރެއާލްގެ ދަނޑުގަ އެވެ. ދެ ވަނަ ލެގު ސިޓީގެ ދަނޑުގައި ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
0%
33%
0%
0%
ކޮމެންޓް