ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 12:00
ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން
ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހަނދު ސާބިތުކުރުން
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ
ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައި

1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިޢުލާންކުރާއިރު ޓީވީ/ރޭޑިއޯއިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެއެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެއެވެ. ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ބޭރުގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މަޢުލޫމާތު ޙިއްސާކުރައްވާނީ ފޮރިން މިނިސްޓްރީންނެވެ.

- ކޮމެންޓް