ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 01:24
ޗެމްޕިއަން ފަތަހަ ސްޓާގެ ކުޅުންތެރިން ތަށްޓާއެކު
ޗެމްޕިއަން ފަތަހަ ސްޓާގެ ކުޅުންތެރިން ތަށްޓާއެކު
ރަމަޟާން ކްރިކެޓް ކާނިވާ
ކުންފުނި މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާ ހޯދައިފި
 
ރަމަޟާން ކްރިކެޓް ކާނިވާ ނިމިއްޖެ

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ އެންމެ ފަހު މުބާރާތް ކަމަށްވާ ކުންފުނިތަކުގެ މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާ ހޯދައިފިއެވެ.

ފަތަހަ މޯލްގެ ފަތަހަ ސްޓާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 33 ލަނޑުން ވަރަކަޕޯލާ ބަލިކޮށްގެންނެވެ. ފަތަހަ ސްޓާއިން ވަނީ ފައިނަލް މެޗުގައި އެޓީމްގެ އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވިއިރު 144 ލަނޑު ހަދާފައެވެ. ވަރަކަޕޯލާގެ އަށް އޯވަރުގެ ތެރޭގައި ހެދުނީ 111 ލަނޑެވެ. ހަތް ކުޅުންތެރިން ނުބައިވިއެވެ. ފަތަހަ ސްޓާ ޓީމުން އެންމެ ގިނަ ލަނޑު ހެދީ ނުބައިނުވެ 16 ބޯޅައިން 56 ލަނޑު ހެދި ސައިދުލް އިސްލާމްއެވެ. މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކީވެސް އަދި އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގައި އޭނާ ޖުމްލަ 167 ލަނޑު ހެދިއެވެ. އަދި ޖުމްލަ 879 ޕޮއިންޓް ހޯދިއެވެ. މުބާރާތުގެ އެންމެ މޮޅު ބޯލަރަކީ ވަރަކަޕޯލާގެ ޝަހީޝްއެވެ. އޭނާ ހަތް ވިކެޓް ނެގިއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25,000 ރުފިޔާ އަދި ދެވަނަ ޓީމަށް 5000 ރުފިޔާ ދިން މުބާރާތާއެކު ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ މުބާރާތްތައް ވަނީ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް