Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 15:13
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ހުޅުމާލެގައި
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ހުޅުމާލެގައި
ފޭސްބުކް
މެޑިކަލް ކޭމްޕް
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހަށް ކުރިއަށްދާނެ ކޭމްޕް

 

ޓައިނީ ހާޓްސްެގެ ފަރާތުން އިމްތިޒާމްކޮށްގެން ބާއްވަމުން އަންނަ މެޑިކަލް ކޭމްޕް ފަށައިފިއެވެ.

މި އަހަރުގެ މެޑިކަލް ކޭމްޕް ޓައިނީ ހާޓްސްެގެ ފަރާތުން ފަށައިފައި ވަނީ އާސަންދަ ކުންފުންޏާއި ޔުނިވާސަލް ފައުންޑޭޝަންއާ ގުޅިގެންނެވެ.

މެޑިކަލް ކޭމްޕް ފަށައިފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާ ހަމައަށެވެ. މި ކޭމްޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮަަސްޕިޓަލުގައެވެ.

ކުޑަކުދިންގެ ހިތުގެ ބަލީގެ ހާއްސަ ދެ ޑޮކްޓަރަކު ވަނީ ރައްޖޭއިން ބޭރުން މި މެޑިކަލް ކޭމްޕަށް ގެނެސްފަ އެވެ.

ޓައިނީ ހާޓްސްގެ ޗެއަރޕަސަން ފިއުނާޒު ވަޙީދު ވިދާޅުވީ ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށްޓަކައި އެއްވެސް ޙަރަދެއް ނުހިނގާނެކަމަށެވެ. ސަބަބަކީ އަސަންދާގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލް މެދުވެރިކޮށް ލިބިގެންދާނެތީއެވެ.

ފިއުނާޒު ވިދާޅުވީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ޑޮކްޓަރަށް ދައްކާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މި އަހަރު ޖުމްލަ 140 ޕޭޝަންޓުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޓައިނީ ހާޓްސުން އަންނަނީ މި މެޑިކަލް ކޭމްޕް ބާއްވަމުންނެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް