ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 13:25
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނަޢީމް
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނަޢީމް
ރާއްޖެއެމްވީ
ވެލާ ނެގުމުގެ މައްސަލަ
"މާތްﷲ ހަލާލު ކުރެއްވި ރިޒުގެކޭ ބުނެ ވެލާ މަސް ކެއުމަކީ ރަނގަޅު ވިސްނުމެއް ނޫން" - ނައީމް
 
ފާޅުގައި ވެލާ މަސް ކާނަމޭ ބުނާމީހުން މުޖުތަމައުގައި އުޅޭ

މާތްﷲ ހަލާލު ކުރެއްވި ރިޒުގެކޭ ބުނެ، ވެލާ މަސް ކެއުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް އީޕީއޭގެ ޑިރެކްޓަރު އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވެލާ ނެގުމުގެ މައްސަލައާ މެދު ވާހަކަދައްކަވަމުންނެވެ. ވެލާ ހިފައި އެ އެއްޗެހި މަރާލާ މައްސަލަ މީސްމީޑިއާއިން ގިނައިން ފެންނަނީ އެފަދަ ކަންކަމަށް އާއްމުންގެ ސަމާލުކަން ލިބޭ މިންވަރު އިތުރުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އާއްމުން ވަރަށް ބޮޑަށް ހޭލުންތެރިކަަމަށާއި އެފަދަ މައްސަލަތައް މަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު ވެލާ ކެއުމާއި ވެލާ ނެގުމާއި މެރުމުގެ މައްސަލަތައް ދިމާ ވަނީ މަދު ހިސާބުތަކެއްގައި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ހިސާބުތަކުގެ މީހުންނަށް އިތުރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ނައީމް ވިދަޅުވިއެވެ.

މާތްﷲ ހަލާލުކުރެއްވި އެއްޗެއް ކަަމަށް ބުނެ ވެލާ ކެއުން ރަނގަޅު ވިސްނުމެއް ނޫން. އިންސާނުންނަށް އޮންނަނީ ދިރޭ ތަކެއްޗާއެކު އުޅުން. އެއްވެސް އެއްޗެއް ނެތިކޮށްލުމުގެ ހައްގެއް އަޅުގަނޑުމެންނަކަށް ނުއޮންނާނެ. ރާއްޖޭގައި ވެލާ ކުރިއަށް ވުރެ ގިނައިން ފެނުނަސް ދުނިޔޭގައި މަދު އެއްޗެއް އެއީ
ނައީމް

ވެލާ ނެގުމާއި، ވެލާ ކެއުން އަދި މެރުން ހުއްޓުވުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކުން ކޮށްފައިވެއެވެ. އަދި ވެލާ މަރައި، އެކައްކާ ކަމަށް ތަކުރާރުކޮށް ލިބޭ ރިޕޯޓުތަކާއި ގުޅިގެން، ފުލުހުންނާއި ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް އެކަން ހުއްޓުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ޒަމާންވީ މި މައްސަލައަށް މިއަދާ ހަމައަށް އައިރު ވެސް ހައްލެއް ލިބިފައިނުވަމަކީ ވެލާކަހަނބު ހިމާޔަތްކޮށް، އެފަދަ ދިރުންތަކުގެ ދިރާސާ ހަދަމުންދާ ބޭފުޅުންގެ ނުހަނު ކަންބޮޑުވާ ކަމެކެވެ. އެއީ ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގައެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980ގެ އަހަރުތަކާއި އަޅާކިޔާއިރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ވެލާގެ ބިސްނެގުމާއި، މަސްކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ. 2016 ވަނަ އަހަރުއްސުރެ ވެލާކަހަނބަށް ގާނޫނީ ގޮތުން ފުރިހަމަ ހިމާޔަތްކަން ދެވިފައިވެއެވެ. ނަމަވެސް މިކަން ވެލާމަރައި އޭގެ މަސް ކާނަމަ ވެލާ ރާއްޖެއިން ނެތިދުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ. އެހެންކަމުގެ އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
15%
19%
7%
30%
19%
ކޮމެންޓް
20 އޭޕްރިލް 2023 | ބުރާސްފަތި 17:45
ޙަސަންބެ
ޥެލާ ދަރިމައިވާ ރޭޓް ދައްވާ މައިގަނޑު ސަބަބަކީ ވެލާ ބިސް އަޅާނެ ގޮނޑުދޮއްތައް މަދުކަން. ބ. އަތޮޅަކީވެސް އެތަކެއް ވެލާ ބިސް އަޅާނެ އެތަކެއް ފަޅުރައްތަކެއް އޮތް އަތޮޅެއް. މިހާރު މި ހުރިހާ ފަޅުރަށެއްގާ ވަނީ ރިސޯޓް ހެދިފާ ވެލާ ބީޗްތޯ؟ ގެސްޓް ބީޗްތޯ؟ ކޮންމެވެސް އެއްކަމެއް ދޫކޮށްލަންޖެހޭ.