ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 12:53
ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
އިސްލާމިކް މިނިސްޓްރީ
އިޙްޔާ ފޯރަމް
މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ، ބައިވެރިންގެ މެދުގައި ބާއްވާ ގުރުއަތުލުންވެސް އޮންނާނެ
ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
މާލޭގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނެ

1444ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ، (19 އެޕްރިލް 2023) ގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ މި ފޯރަމްގައި “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.

ރޭގަނޑު 21:30ގައި ފަށާ މި ފޯރަމްގައިވެސް ކޮންމެ އިހްޔާ ފޯރަމެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެރެއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމު ދެވޭނެއެވެ.

މީގެ އިތުރުން ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ އިނާމު ދިނުމާއި، މާލޭގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނެއެވެ.

މި ގުރުއަތުގައި ދަރިވަރުންގެ އިޙްޔާފޯރަމްގައި ބައިވެރިވި ފަރާތްތައްވެސް ހިމެނޭނެއެވެ.

މި ފޯރަމްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެކެވެ.

މި އަހަރު ޖުމްލަ 16 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ.

އަދި ދަރިވަރުންނަށް ޚާއްސަކޮށްގެން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ވަނީ ބާއްވާފައެވެ. ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ.

- ކޮމެންޓް