ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 02:38
އަލް ހިލާލް އަދި އަލް ނަސްރު ކުޅުނު މެޗުގެ ތެރެއިން
އަލް ހިލާލް އަދި އަލް ނަސްރު ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލްހިލާލް އަތްދަށުވެ ލީގު ރޭހުގައި އަލް ނަސްރު ބޭރުވަނީ!
 
އަލްހިލާލްއިން ދެ ގޯލު ވެސް ޖެހީ ޕެނަލްޓީ އިން

ސައުދީ ޕްރޯ ލީގުގައި އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު ބަލިވެއްޖެ ލީގު ކާމިޔާބުކުރުމުގެ ރޭހުން ބޭރުވާން ފަށައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަލް ނަސްރަށް އެއް ވަނައިގައި އޮތް އަލް އިއްތިހާދާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރެވެން އޮތެވެ. ނަމަވެސް އެއީ އިއްތިހާދަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މޮޅުވާން މަޖުބޫރު މެޗުގައި އަލް ނަަސްރު ބަލިވީ 2-0 އިންނެވެ. އަނެއްކޮޅުން މިއީ އެ ޓީމުގެ ކޯޗުކަމުން ރޫޑީ ގާސިއާ ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ކޯޗުކަމުން ގާސިއާ ވަކިކޮށްފައިވާ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ޖެހުނު މައްސަލައެއްގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މެޗުގައި އަލް ހިލާލުން ޖެހި ދެ ލަނޑަކީ ވެސް ޕެނަލްޓީން ޖެހި ދެ ލަނޑެވެ. އެ ޓީމަށް ދެ ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިނީ އޮޑިއަން އިގަލޯ އެވެ. އެއީ މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކާއި، 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެކެވެ. މެޗުގައި އަލް ހިލާލުން ވަނީ ޖުމުލަ 14 ހަމަލާއެއް އުފައްދައިފަ އެވެ. އޭގެ ތެރެއިން ހަ ހަމަލާއެއް ވަނީ އަލް ނަސްރުގެ ގޯލަށް އަމާޒުވެފަ އެވެ. އަލް ނަސްރުން 11 ހަމަލާއެއް އުފެއްދިއިރު، އަލް ހިލާލްގެ ގޯލާ އަމާޒުވެފައި ވަނީ ތިން ހަމަލާ އެވެ.

މޮޅާއެކު އަލް ހިލާލް އޮތީ ކުޅުނު 25 މެޗުން 49 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ދެ ވަނައިގައި އަލް ނަސްރު އޮތީ 24 މެޗުން 53 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އިއްތިހާދު އޮތީ 56 ޕޮއިންޓާއެކު އެވެ. ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ލީޑު ހަ ޕޮއިންޓަށް ފުޅާ ކުރުމުގެ ފުރުސަތު އިއްތިހާދަށް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
40%
0%
0%
20%
20%
20%
ކޮމެންޓް