ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 08:01
ޑެފިޓެލިއޯ
ޑެފިޓެލިއޯ
ގޫގުލް
ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ފުރަމޭގެ ފަރުވާއަށް ދޭ ބޭހަކަށް ސަމާލުވާން އަންގައިފި
 
ޑެފިޓެލިއޯ Defitelio (Defibrotide Sodium) ނަމަކަށް ކިޔާ ބޭހުގެ ނަކަލު ވަނީ ދެ ގައުމަކުން ފެނިފައި

ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެެވެ.

އެމްއެފްޑީއޭއިން އަންގާރަ ދުވަހުގެ ރޭ ބުނީ ޑެފިޓެލިއޯ Defitelio (Defibrotide Sodium) ނަމަކަށް ކިޔާ ބޭހުގެ ނަކަލު ކޮށްފައިވާ ބޭސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ކިރިގިސްތާނުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އެލަރޓް ކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނިގޮތުގައި މި ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ނުހިމެނޭ ބޭހެކެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ އެ ބޭހަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އެމްއެފްޑީއޭއިން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވަނީ ޑެފިޓެލިއޯގެ ބެޗް ނަންބަރު 19ޖީ19އޭ އަށެވެ.

މިއީ ފުރަމޭގެ ނާރެއް ބެދުމުން ނުވަތަ ސްޓެމް ސެލް ޓްރާންސްޕްލާންޓަށްފަހު ދިމާވާ ކިޑްނީ އާއި ލަންގް މައްސަލަތަކަށް ވެސް ދެމުން އަންނަ ބޭހެކެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް އެ ބޭސް ދެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭހަށް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު