ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 12:45
ޒަކާތުގެ ގޮތުގައި ދީފައިވާ ގޮވާން
ޒަކާތުގެ ގޮތުގައި ދީފައިވާ ގޮވާން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ޒަކާތް
މިހާތަނަށް ގޮވާމުން ޒަކާތް ދެއްކީ 1590 މީހުން
 
1590 މީހުން ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ދެއްކި އިރު، ޖުމްލަ 3816 ކިލޯ ލިބިފައިވޭ
 
ސަދަގާތުގެ ގޮތުގައި 398 ކިލޯ ގޮވާން ލިބިފައިވޭ

މިހަތަނަށް ގޮވާމުން ފިތުރު ޒަކާތް ދެއްކީ 1590 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1590 މީހުން ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ދެއްކި އިރު، ޖުމްލަ 3816 ކިލޯ ލިބިފައިވާ ކަމަށެވެ. އަދި ސަދަގާތުގެ ގޮތުގައި 398 ކިލޯ ގޮވާން ލިބިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދެބައި އެއްކޮށް ޖުމްލަ 4214 ކިލޯގެ ގޮވާން ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. ގޮވާމުން ފިތުރު ބަލައިގަންނާނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގެންފައިިވާ ގޮވާމުގެ ބާވަތްތައް ބެގުމުގެ މަސައްކަތް 28 ރަމަޟާން 1444 ނުވަތަ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހުގައެވެ. އެގޮތުން ބުދަ ދުވަހުގެ މެންދުރު 1:00ން 3:15ށް ހަވީރު 4:00ން 5:30ށް އަދި ރޭގަނޑު 9:00ން 10:30ށް ޒަކާތް ބެހުން ކުރިއަށްދާއިރު ބުރާސްފަތި ދުވަހު ޒަކާތް ބެހުން ކުރިއަށްދާނީ ހެނދުނު :10:00ން ހަވީރު 5:30ށް އަދި ރޭގަނޑު 8:00ން 10:00 އަށެވެ.

މިދިޔައަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން ޖުމްލަ 7،433،908.00 (ހަތް މިލިއަން ހަތަރުލައްކަ ތިރީސް ތިންހާސް ނުވަސަތޭކަ އަށެއް) ރުފިޔާ ލިބިފައިވެއެވެ.

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި 450،373 (ސާޅިސް ފަންސާސް ތިންސަތޭކަ ތިރީސް ތިނެއް) ރުފިޔާ ލިބިފައިވާއިރު ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި މިދިޔަ އަހަރު ހިމެނެނީ ޖުމްލަ 42 ރަށެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ 7،884،281.00 (ހަތް މިލިއަން އަށްލައްކަ އަށްޑިހަ ހަތަރުހާސް ދުއިސައްތަ އަށްޑިހަ އެކެއް) ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ 11399.45 (އެގާރަ ހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް ފަހެއް) ކިލޯއެވެ.

އެއީ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު 10092 (ދިހަހާސް ނުވަދިހަ ދޭއް) ކިލޯއާއި

ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު 1307.45 (އެއްހާސް ތިންސަތޭކަ ހަތެއް ޕޮއިންޓް ހަތަރެއް، ފަހެއް) ކިލޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް