ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 08:08
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން
އިސްލާމިކް މިނިސްޓްރީ
ޒަކާތް ބެހުން
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބެހުން ބުދަ އަދި ބުރާސްފަތީގައި
ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި
ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް

މާލެ ސިޓީގައި ގޮވާމުގެ ބާވަތްތަކުން މިއަހަރުގެ ފިތުރު ޒަކާތް ބަހަން ނިންމާފައިވާ ތާރިހުތައް އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.

އެ މިނިސްޓްރީން ހޯމަ ދުވަހުގެ ރޭ ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގެންފައިިވާ ގޮވާމުގެ ބާވަތްތައް ބެގުމުގެ މަސައްކަތް 28 ރަމަޟާން 1444 ނުވަތަ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހުގައެވެ. އެގޮތުން ބުދަ ދުވަހުގެ މެންދުރު 1:00ން 3:15 އަށް ހަވީރު 4:00 ން 5:30 އަށް އަދި ރޭގަނޑު 9:00ން 10:30އަށް ޒަކާތް ބެހުން ކުރިއަށްދާއިރު ބުރާސްފަތި ދުވަހު ޒަކާތް ބެހުން ކުރިއަށްދާނީ ހެނދުނު :10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00ން 10:00 އަށެވެ.

- ކޮމެންޓް