ރާއްޖޭގެ ޓީޓީ ޓީމު ހޯމަ ދުވަހުގެ ރޭ ކްރޮއޭޝިޔާ އަށް ފުރައިފި އެވެ.
މި ދަތުރުގެ ބޭނުމަކީ މި އަހަރުގެ މެދުތެރޭގައި މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މި ދަތުރުގެ ކަންކަން ހަމަޖައްސައިދިނީ ކުޅިވަރާއި ބެހޭ މިނިސްޓްރީގެ އަރުތަ ޕްރޮގްރާމުންނާއި ގައުމީ ބޭންކުން ކަމަށެވެ. ޓީޓީ އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން މެޑަލް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ކުޅިވަރެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުތަކުގެ ތެރެއިން އެންމެ ދުރާލައި ތައްޔާރުވަމުން އަންނަ އެއް ޓީމަކީ ވެސް ޓީޓީ އެވެ. މި ޓީމަށް އިރުޝާދު ދެނީ ޗައިނާގެ ކޯޗެކެވެ.