ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 23:06
އިޓަލީ ފުލުހުންނަށް ފެނުނު ޑްރަގް
އިޓަލީ ފުލުހުންނަށް ފެނުނު ޑްރަގް
އީޕީއޭ
ކަނޑު މަތިން ޑްރަގްސް ފެނުން
އޮޔާ ދާން ދޫކޮށްލާފައިވާ 2 ޓަނުގެ މަސްތުވާތަކެތި އިޓަލީ ފުލުހުން ކަނޑުން ނަގައިފި
 
ޕެކެޖްތައް ވަނީ ފެން ނުވަންނަ ގޮތަށް ބަންދުކޮށްފައި

ސިސިލީގެ އައްސޭރިފަށުން ކަނޑުތެރޭން އޮޔާ ދާން ދޫކޮށްލާފައިވާ 2 ޓަނުގެ މަސްތުވާތަކެތި އިޓަލީ ފުލުހުންނަށް ފެނިގެން ނަގައިފިއެވެ. ފެން ނުވަންނަ ގޮތަށް ބަންދު ކޮށް މަސްބާނާ ދަލެއްގައި ހައްޔަރުކޮށް އަދި ޓްރެކިން ޑިވައިސް އެއްވެސް ހަރުކޮށްފައިވާ 70 ޕެކޭޖް ފެނިފައިވާއިރު މީގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންކަމަށް އިޓަލީ ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނާގޮތުގައި މިތަކެތީގެ މަގުމަތީ އަގު 440 މިލިއަނެއްހާ ޑޮލަރަށް އަރާނެއެވެ.

އޮފިޝަލުން ގަބޫލުކުރާގޮތުގައި މަސްތުވާތަކެތީގެ ޕެކޭޖްތައް ފަހުން ނެގުމަށް ކަނޑު ތެރެޔަށް ދޫކޮށްލާފައިވަނީ ކާގޯ ބޯޓަކުން ކަމަށް ބެލެވެއެވެ. ޕެކެޖްތައް އޮޔާ ދަނިކޮން ފެނިފައިވަނީ އިޓަލީ ފުލުހުންގެ ސަރވެއިލަންސް މަތިންދާ ބޯޓަކަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
0%
13%
0%
13%
63%
ކޮމެންޓް