ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 21:50
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އެއާކްރާފްޓްގެ މަސައްކަތް
އެއާކްރާފްޓްތަކުގެ އިންޖީނުތައް މެއިންޓެއިން ކުރުމަށް ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް: އެމްޑީ މިހާދު
މާލީ ހާލަތު ހުރިގޮތުން ކުންފުނީގެ ތަރައްގީއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ

ކޮވިޑް-19އަށްފަހު އެއާކްރާފްޓްތަކުގެ އިންޖީނުތައް މެއިންޓެއިން ކުރުމަށް ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް ކަމަށް, އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެސްއޯއީ ކޮމެޓީގައި މިހާދު ވިދާޅުވީ، ކޮވިޑް-19އާއެކު ޚިދުމަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

މިހާދު ވިދާޅުވީ މެއިންޓަނަންސް އޯގަނައިޒޭޝަން އެއާކްރާފްޓްތަކުގެ އިންޖީނުތައް މެއިންޓެއިންކުރުމާއި ރިޕެއަރ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަަމަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އައި ބެކްލޮގާއެކު މިހާރުވެސް އެމަސައްކަތް ކުރުމުގައި ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޖީނުތައް މެއިންޓެއިން ކުރަންޖެހޭ މުއްދަތުގެ ތެރޭގައި މަރާމާތު ނުކުރެވި ދިގުލައިގެންދާ ކަމަށާއި، ބައެއް ހާލަތުގައި އިންޖީނު ބަދަލުކުރާ ކަމަށް މިހާދު ވިދާޅުވިއެވެ.

މި މަސައްކަތުގަ ވަރަށް ބޮޑު ބެކްލޮގެއް އެބައޮތް އައިސްފަ. އަޅުގަނޑުމެންގެ އެތެރޭގެ އުދުހުންތަކުގަ އެއާކްރާފްޓް އިންޖީނުތައްވެސް މަރާމާތުކުރަން ބޭނުންވާ މުއްދަތުގެތެރޭގަ މަރާމާތު ނުކުރެވި، ބައެއް ފަހަރަށް އިންޖީނުވެސް ނަގަންޖެހޭ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިންގުމުގެ ޚަރަދުތައް އިތުރުވޭ. ދެން ދުނިޔޭގެ ބާޒާރަށް އިންފްލޭޝަން އަސަރުކުރުމާ ގުޅިގެން މިހާރު އަޅުގަނޑުމެން ގެންގުޅޭ އެއާކްރާފްޓް ސްޕެއަރ ޕާޓްސްއާ އަދި މެއިންޓަނަންސް ރަނގަޅު ކުރުމަށް ޚަރަދު ބޮޑުވޭ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖންގ ޑިރެކްޓަރު، މުހައްމަދު މިހާދު

މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ހުރިގޮތުން ކުންފުނީގެ ތަރައްގީއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އަދި މިދިޔަ ދެ އަހަރެއްގެ ތެރޭގައި ވަރަށް ބޮޑު ގެއްލުންތަކެއް ކުންފުންޏަށް ކުރިމަތިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް