ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 10:10
ގުޅިފަޅާއި ތިލަފުށި
ގުޅިފަޅާއި ތިލަފުށި
ގޫގްލް އަރތް
ބިން ދޫކުރާ އުސޫލު
ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިމުގެ މުއްދަތު އިތުރުކޮށްދޭ އުސޫލަށް ބަދަލުތަކެއް
ބިން ދޫކުރާ ނަމަ ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިޢުލާނުގައި އެ މާއްދާގެ ދަށުން މުއްދަތު އިތުރުކުރެވޭނެ މިންވަރު ބަޔާންކުރަން ވާނެ
ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ބިން ދޫކޮށްފައިވާ ފަރާތަށް ލިބިގެންވޭ

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

ގެޒެޓްގައި ޝާއިއުކޮށްފައި ވަނީ އެ ގަވާއިދަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ. އިސްލާހު ގެނެސްފައި ވަނީ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) އަށެވެ.

ކުރިން އެ ގަވާއިދު އޮތް ގޮތަށް ބަލާއިރު މި ގަވާއިދުގެ (ހ)ގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބިމާ ހަވާލުވި ފަރާތުން ހުށަހަޅައިފިނަމަ، އެފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށްގެން އެސެސްމަންޓެއް ހެދުމަށް ފަހު އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އަދި ގަވާއިދުގެ (ށ)ގައި ބުނެފައި ވަނީ މި ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރެވޭނީ އެންމެ ފަހަރަކު ކަމަށެވެ. އަދި މި ގަވާއިދުގެ (ނ)ގައި ބުނެފައި ވަނީ އެ ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިތުރުކުރާއިރު އެ އިރެއްގެ މާކެޓް ރޭޓަށާއި މި މާއްދާގެ (ރ) ގައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން، ބިމުގެ ކުއްޔަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ބަދަލުގެނެސްފައިވާ ގޮތުން (ހ)ގައި ބުނަނީ އެ ގަވާއިދުގެ ދަށުން ދޫކުރާ ބިމެއްގެ މުއްދަތު އިތުރުކުރުމަށް އެދި ބިން ހުށަހަޅައިފި ނަމަ، އެ ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތްކޮށްގެން އެސެސްމެންޓް ހެދުމަށް ފަހު އެ އެސެސްމެންޓުގެ ނަތީޖާ އަށް ބަލައިގެން، ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ބިން ދޫކޮށްފައިވާ ފަރާތަށް ލިބިގެންވާ ކަމަށެވެ. އަދި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ބިން ދޫކުރާ ނަމަ ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ކުރާ އިޢުލާނުގައި އެ މާއްދާގެ ދަށުން މުއްދަތު އިތުރުކުރެވޭނެ މިންވަރު ބަޔާންކުރަން ވާނެ ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް