ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 11:16
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް
ރޮއިޓާރސް
ލިވަޕޫލް
ކްލޮޕް ބުނަނީ ލިވަޕޫލުން ޝައުގުވެރިވާ 12 މިލްފީލްޑަރުން ތިބިކަމަށް
 
ކުޅުންތެރިން ހޯދާނީ ލިވަޕޫލަށް ޚަރަދުކުރެވޭނެ މިންވަރަކުން

ޓްރާންސްފަރ މާކެޓުގައި ލިވަޕޫލުން ޝައުގުވެރިވާ 12 މިޑްފީލްޑަރަކު ތިބި ކަމަށް، އެ ޓީމުގެ ކޯޗު ޔާގަލް ކްލޮޕް ބުނެފިއެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގުގައިވެސް ލިވަޕޫލްގެ ކުޅުން ދަށްވެގެން ދިޔައީ ޓީމުގެ މެދުތެރޭގައި ރަނގަޅު ކުޅުންތެރިޔަކު ނެތުމުން ކަމަށް ކްލޮޕް ގަބޫލުކުރެއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް، ކުރިއަށް އޮތް ޓްރާންސްފަރ މާކެޓުގައި ލިވަޕޫލުން މަސައްކަތް ކުރާނެތޯ ސުވާލު ކުރުމުން ކްލޮޕް ބުނީ، އެންމެ ބޮޑު އިސްކަމެއް ދޭނީ އެކަމަށް ކަމަށެވެ. އޭނާ ބުނީ މިހާރުވެސް ލިވަޕޫލުން ޝައުގުވެރިވާ 12 މިޑްފީލްޑަރަކު ތިބިކަމަށާއި، އެއީވެސް ރަނގަޅު ނިޝާނެއް ކަމަށެވެ. ނަމަވެސް ކުޅުންތެރިން ހޯދާނީ ލިވަޕޫލަށް ޚަރަދު ކުރެވޭނެ މިންވަރަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކްލޮޕް ބުނީ ކުޅުންތެރިންގެ އަގާއި ކުރަން ޖެހޭ ހޭދަ، އެކި ދުވަސް މަތިން ބަދަލުވާނެ ކަމަށެވެ. އޭނާ ބުނީ ނިންމުމެއް ނިންމަން ޖެހޭނީ ކުލަބަށް ވިސްނާފައި ކަމަށާއި، ކުލަބުގެ ހާލަތު އޮތްގޮތުން، ކުޅުންތެރިޔަކު ނުލިބުނުނަމަވެސް ރުޅިނާދެވޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބޭނުންވާ ކުޅުންތެރިންނާއި ގެނެވޭނެ ކުޅުންތެރިން ލިސްޓުކުރަން ޖެހޭނެ ކަމަށާއި، އެހެން ކުލަބުތަކުން ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދާއިރު އެކަން މަޖަލަކަށް ހަދައިގެން ލިވަޕޫލަށް ނުތިބެވޭނެ ކަމަށެވެ. ނަމަވެސް އެކަންވެސް ކުރެވޭނީ އުސޫލުތަކުގެ ތެރެއިން، ފައިސާއާއި ކަންކަމަށް ބަަލައިގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކްލޮޕް މިހެން ބުނެފައިވާއިރު، ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ހޯދުމުގެ ޝައުގުވެރިކަން ލިވަޕޫލުން ދޫކޮށްލައިފި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ އޭނާ ހޯދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް