ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 10:18
އުތުރު ކޮރިއާގެ ނިއުކްލިއަރ އަދި މިސައިލް އިންޒާރުތަކަށް ރައްދު ދިނުމަށް، މިސައިލް ޑިފެންސް އަދި އެންޓި ސަބްމެރިން ތަމްރީނުތައް ކުރިއަށް ގެންދަން، އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާއިން ނިންމާފައިވޭ
އުތުރު ކޮރިއާގެ ނިއުކްލިއަރ އަދި މިސައިލް އިންޒާރުތަކަށް ރައްދު ދިނުމަށް، މިސައިލް ޑިފެންސް އަދި އެންޓި ސަބްމެރިން ތަމްރީނުތައް ކުރިއަށް ގެންދަން، އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާއިން ނިންމާފައިވޭ
ރޮއިޓާސް
އެމެރިކާ، ޖަޕާން، ދެކުނު ކޮރިއާ ދިފާއީ ތަމްރީން
އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާ ގުޅިގެން ދިފާއީ ތަމްރީނުތަކެއް ކުރިއަށްގެންދަނީ
 
މިކަން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު
 
މިކަން އިއުލާންކޮށްފައިވަނީ ވޮޝިންގްޓަންގައި ކުރިއަށްދިޔަ 13 ވަނަ ޑިފެންސް ޓްރައިލެޓެރަލް ޓޯކްސްގެ ތެރެއިން
 
އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާގެ ސަލާމަތީ އެއްބާރުލުން ފުޅާކުރެވޭނެ ކޮންކްރީޓް ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައި

އެމެރިކާ، ޖަޕާން، އަދި ދެކުނު ކޮރިއާ ގުޅިގެން މިސައިލް ދިފާއީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި 3 ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުތުރު ކޮރިއާގެ ނިއުކްލިއަރ އަދި މިސައިލް އިންޒާރުތައް ހުއްޓުވައި ރައްދު ދިނުމަށް، މިސައިލް ޑިފެންސް އަދި އެންޓި ސަބްމެރިން ތަމްރީނުތައް ގަވާއިދުން ކުރިއަށް ގެންދިއުމާ ބެހޭގޮތުން ތިން ގައުމު ގުޅިގެން މަޝްވަރާކޮށްފައިވާކަމަށެވެ.

މިކަން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު، ވޮޝިންގްޓަންގައި ކުރިއަށްދިޔަ 13 ވަނަ ޑިފެންސް ޓްރައިލެޓެރަލް ޓޯކްސްގެ ތެރެއިންނެވެ. މިބައްދަލުވުމުގައި ތިން ގައުމުން ވަނީ، ކޮރިއާ ޕެނިންސިއުލާއާއި އެ ސަރަހައްދުގެ ސަލާމަތީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާގެ ސަލާމަތީ އެއްބާރުލުން ފުޅާކުރެވޭނެ ކޮންކްރީޓް ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ތިން ގައުމުގެ މަންދޫބުން ވަނީ އުތުރު ކޮރިއާއިން ކުރިއަށް ގެންދާ، ސަރަހައްދުގެ ހަމަޖެހުމަށް ހުރަސްއެޅޭ ކަންތައްތައް ހުއްޓާލުމަށް އެގައުމަށް ގޮވާލާފައެވެ. އަދި އުތުރު ކޮރިއާއިން ނިއުކްލިއަރ ހަތިޔާރު ޓެސްޓުކޮށްފިނަމަ، ބައިނަލްއަގުވާމީ މުޖުތަމައުގެ ވަރުގަދަ ޖަވާބެއް ލިބޭނެކަމަށް ތިން ގައުމުން ވަނީ ބުނެފައެވެ.

އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރިއާއިން މިކަން އިއުލާންކޮށްފައި މި ވަނީ އުތުރު ކޮރިއާއިން އައު މިސައިލެއް ޓެސްޓުކޮށްފައިވާކަމަށް ހުކުރު ދުވަހު އިއުލާންކުރުމުންނެވެ.

އުތުރު ކޮރިއާއިން އެންމެ ފަހުން ޓެސްޓުކޮށްފައިވަނީ "ސޮލިޑް-ފިއުލް" އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެކެވެ. މި މިސައިލް އެގައުމުން ޓެސްޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ހްވަސޮންގް-18ގެ ނަން ދެވިފައިވާ މި މިސައިލް ފޮނުވާލާފައިވަނީ ޕްޔޮންގްޔޮންގާ ކައިރި ހިސާބަކުންނެވެ. ގާތްގަޑަކަށް 1،000 ކިލޯމީޓަރަށް ދަތުރުކުރުމަށްފަހު މިސައިލް ކަނޑަށް ވެއްޓިފައިވަނީ އެގައުމުގެ އިރުމަތީފަރާތުންނެވެ.

މާހިރުން ފާހަގަކުރާގޮތުގައި މިއީ އުތުރު ކޮރިއާއިން ސޮލިޑް ފިއުލް ބޭނުންކޮށްގެން އިންޓަރމީޑިއޭޓް-ރޭންޖް ނުވަތަ އިންޓަރކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް އުފެއްދި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ގައުމުން އުފެއްދި އެންމެ ބޮޑެތި ބެލެސްޓިކް މިސައިލްތައް އުފައްދާފައިވަނީ "ލިކުއިޑް ފިއުލް" ބޭނުންކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް