Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 16:36
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް
އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް
ޓްވިޓަރ
އެމްއެމްއޭގެ ގަވަރުނަރު
ގަވަރުނަރުކަމުން އިސްތިއުފާ ދެއްވާކަމަށް ދެކެވޭ ވާހަކަ އަޒީމާ ދޮގުކުރައްވައިފި
އިސްތިއުފާ ދެއްވަން އުޅުއްވާކަމަށް ދެކެވޭ ވާހަކަ އަޒީމާ ދޮގުކުރައްވައިފި

އެމްއެމްއޭގެ ގަވަރުނަރުކަމުން އަޒީމާ އާދަމް އިސްތިއުފާދެއްވަން އުޅޭކަމަށް ފެތުރޭ އަޑުތައް އެކަމަނާ ދޮގުކުރައްވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަޒީމާ ވިދާޅުވީ، ގަވަރުނަރުކަމުން އިސްތިއުފާދެއްވަން އަދި ނިންމަވާފައިނުވާކަމަށެވެ.

އެކަމަނާ އިސްތިއުފާ ދެެއްވަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އެކަމަނާ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އެމްއެމްއޭގެ ސީނިއާ މުއައްޒަފުންނާއި ހިއްސާކުރައްވާފައިވާކަމަށްވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

" އަދި އެފަދަ ނިންމުމެއް ނުނިންމަން، ނުވެސް ވިސްނަން، އެފަދ ސިޓީ އެއްވެސް ހުށައަޅާފައެއް ނުވާނެ" އަޒީމާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް