ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 11:33
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަޚްލޫފް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސިޔާސީ ޚިޔާލު ތަފާތުވުމެއް އޮވެގެނެއް ނޫން: މަޚްލޫފް
އެ ކޯޕަރޭޝަން އުވާލަން ނިންމީ ސިޔާސީ ޚިޔާފު ތަފާތުވުމެއް، ނުވަތަ ހިތްހަމަނުޖެހުމެއް ވެސް އޮވެގެން ނޫންކަމަށް ވިދާޅުވި

ކުޅިވަރު ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ތެރެއިން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސިޔާސީ ކަމެއްގައި ނޫން ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މަޚްލޫފް މިހެން ވިދާޅުވީ ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެންބަރުގެ ސުވާލަކީ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައި ވަނީ، އެ ކޯޕަރޭޝަނާ އެއްވެސް މަސައްކަތެއް ހަވާލުކޮށް، ނުކުރެވި އޮވެގެންތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މަޚްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ މައްސަލަ އަކީ ފެށުނީއްސުރެ ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި މިހާތަނަށް ކުރި ދިރާާސާތަކުން ފެންނަ ގޮތުގައި ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެފަދަ ކުންފުންޏެއް އޮންނަކަން އެނގިފައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ސްޕޯޓްސް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަ ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ އެއްވެސް ހާލެއްގައި ސްޕޯޓްސް ކޯޕަރޭޝަންގައި ތިއްބެވި ބޭފުޅުންނާ މަައްސަލައެއް އޮތީ ނޫން ކަމަށެވެ. އެ ކޯޕަރޭޝަން އުވާލަން ނިންމީ ސިޔާސީ ޚިޔާފު ތަފާތުވުމެއް، ނުވަތަ ހިތްހަމަނުޖެހުމެއް ވެސް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް މަޖިލީގުގައި ބަހުސް ކުރަމުން ވެސް މެންބަރުން އެގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި، ނަމަވެސް އެކަން ކުރަނީ އެގޮތަށް ނޫން ކަމަށެވެ.

އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި އެއީ ރާއްޖޭގައި އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސްޕޯޓްސް ކުންފުންޏެއް އޮންނަތަނެއް ނުފެނޭ. ސްޕޯޓްސް ކައުންސިލްތަކުން މަސައްކަތް ކުރާ ތަން އެބަ ފެނޭ. އެކަމަކު ވަކިން އަޅުގަނޑުމެން ދިރާސާ ކުރިއިރު ރާއްޖޭގެ ބޭރު ޤައުމެއްގައި ވެސް އެގޮތަށް ކޯޕަރޭޝަނެއް ހަދައިގެން މަސައްކަތް ކުރާ ތަނެއް ނުފެނޭ.
އަޙުމަދު މަޚްލޫފް / ޔޫތު މިނިސްޓަރު

ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް ވަނީ ހަތް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޮޑު ބަދަލުތަކެއް ގެންނަ ނިންމައިފަ އެވެ. އެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޤާނޫނުގައި ހުރި ފުށުއެރުންތައް ނައްތާލައި، ކުޅިވަރު ވުޒާރާ އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަދާ ކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ރަނގަޅު އުސޫލަކަށް ފެއްތުން ވެސް ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކުޅިވަރު ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ކުންފުންޏެކެވެ.

- ކޮމެންޓް