ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 10:55
އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން
އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބެންފީކާގެ ދަނޑުގައި އިންޓަ އިން ކުރި ހޯދައިފި
 
މި ނަތީޖާއާއެކު އިންޓަގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ސެމީ އަށް ޖާގަ ހޯދޭނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބެންފީކާގެ ދަނޑުގައި އިންޓަ މިލާނުން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ 2-0 އިންނެވެ. މެޗުގައި އިންޓަ އިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. އޭގެ ކުރިން ވެސް އިންޓަ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި އިންޓަ އަށް ކުލެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އާއި އެޑިން ޒެކޯ އަށް ލިބުނު ފުރުސަތު ހިމެނެ އެވެ. މެޗުގެ 51 ވަނަ މިނެޓުގައި އަލެސަންދްރޯ ބަސްޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަ އަށް ލީޑު ނަގައިދިނީ ނިކޯލޯ ބަރޭލާ އެވެ. އޭގެ ފަހުން 82 ވަނަ މިނެޓުގައި އިންޓަ އަށް ލީޑު ފުޅާކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މެޗުގައި ލުކާކޫ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއީ އެޑިން ޒެކޯގެ ބަދަލުގަ އެވެ.

މި ނަތީޖާއާއެކު އިންޓަގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ސެމީ އަށް ޖާގަ ހޯދޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް