Advertisement
ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 04:45
މޫސުން
މޫސުން
ރާއްޖެއެމްވީ
މޫސުން
ކ. އަތޮޅުން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
މި އެލަރޓް ނެރެފައިވަނީ މިއަދު ފަތިހު 4:40 ން ފެށިގެން ހެނދުނު 9:30އާ ހަމައަށް

ކ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިއަދު ފަތިހު 4:40 ން ފެށިގެން ހެނދުނު 9:30އާ ހަމައަށެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި އެލަރޓުގެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ.

Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި، ބައެއް އަތޮޅުތަކަށް ވިއްސާރަވެ، ގުގުރުން އެކަށީގެންވެއެވެ. އަދި ވައި ޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް