ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 17:40
މާއުނގޫދޫ ބަނދަރު
މާއުނގޫދޫ ބަނދަރު
އެމްޓީސީސީ
މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުގެމު މަޝްރޫޢު
މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި
 
މި މަޝްރޫއަކީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 32 އިންސައްތަ ވަނީ ނިމިފައި

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާކަމަށް މިމަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްޓީސީސީން ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 32 އިންސައްތަ ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 13 މެއި 2022 ގައެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 475 ދުވަސް ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް