ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 11:34
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
އީދު ބަންދު
އީދު ބަންދުން އެއް ދުވަސް މަދުކޮށްފަ އެއް ނުވާނެ، ފަތުރަނީ ރަނގަޅު ޚަބަރެއް ނޫން: އެޑިއުކޭޝަން
 
އޭޕްރިލް 24 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައި

ފިތުރު އީދު ޗުއްޓީން އެއް ދުވަސް މަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ރަނގަޅު ޚަބަރެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކެޑެމިކް ކަލަންޑަރަށް ބަދަލެއް ނެގެސްފައެވެ. އެ ބަދަލާއި އެކު އޭޕްރިލް 24 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެއާއި އެކު މިނިސްޓްރީން ޢީދު ޗުއްޓީން އެއްދުވަސް އުނިކޮށްފައިވާ ކަމަށް މީސްމީޑިއާ އާއި މީޑިއާގެ ބައެއް އައުޓްލެޓްތަކުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ މިނިސްޓްރީން ބުނީ އެކެޑެމިކް ކަލަންޑަރުގައި މީގެ ކުރިން އޮތް ގޮތުން އީދު ބަންދާ ގުޅިގެން މި މަހު 23 އާއި 24 ވެސް ސްކޫލް ބަންދުކަމަށް އެކަޑެމިކް ކަލަންޑަރގައި ހިމެނިފައި ވަނީ ކުށަކުން ކަމަށެވެ. އިސްލާހުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ޢީދު ދުވަހަކީ 21 އޭޕްރިލްއެވެ. ބަންދުވަނީ 23 ވާ އާދީއްތަ ދުވަހެވެ. އަދި 24 ގައި ސްކޫލްތައް އަލުން ހުޅުވޭނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ރާއްޖޭގައި ފިތުރު ޢީދުގެ ބަންދުގެ ގޮތުގައި އާއްމުކޮށް ލިބެނީ 3 ދުވަސް ކަމަށެެވެ. އެހެންކަމުން 23ވާ އާދިއްތަ ދުވަހަށް ޗުއްޓީ ނިމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި