ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 09:30
ޗައިނާގެ މަނަވަރުތައް އަދިވެސް ދަނީ ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވަމުން
ޗައިނާގެ މަނަވަރުތައް އަދިވެސް ދަނީ ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވަމުން
ރޮއިޓާސް
ޗައިނާ-ޓައިވާން
ޗައިނާގެ މަނަވަރުތައް އަދިވެސް ދަނީ ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވަމުން
 
ޓާއިވާންގެ ރައީސް ވަނީ ޗައިނާއިން ހޮނިހިރު ދުވަހު ފެށި އަސްކަރީ ހަރަކާތްތަކަކީ ޒިންމާދާރުކަންކުޑަ ހަރަކާތްތަކެއް ކަމަށް ސިފަކުރައްވާފައި
 
އަދިވެސް ޓައިވާން ސަރަހައްދުގައި ޗައިނާގެ އަށް މަނަވަރު ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނޭ
 
ޓައިވާން ސަރުކާރުން ދަނީ ޗައިނާއިން އެގައުމުގެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ތަކުރާރުކޮށް ކުށްވެރިކުރަމުން

ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދަމުންދިޔަ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވީ ނަމަވެސް، އެގައުމުގެ އަސްކަރީ މަނަވަރުތައް އަދިވެސް އަސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޗައިނާއިން އަނެއްކާވެސް ޓައިވާން ސަރަހައްދުގައި ތިން ދުވަހުގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ޓައިވާންގެ ރައީސް ސައި އިންގް-ވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދުކުރުރެއްވުމާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށްފަހުއެވެ.

ޗައިނާއިން ހޮނިހިރު ދުވަހު ފެށި މި ހަރަކާތްތަކަކީ ޒިންމާދާރުކަންކުޑަ ހަރަކާތްތަކެއް ކަމަށް ޓާއިވާންގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމުގެ ނުރުހުމުގައި އެމެރިކާގެ އިސްފަރާތްތަކުން، ޓައިވާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަކީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް ކުރާކަމެއްކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.

ޓައިވާން އަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބޭއްވުމަށް ބާރުގެ ބޭނުުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވާކަމަށް އެގައުމުން ހޯމަ ދުވަހުގެ ރޭ އިއުލާނުކުރި ނަމަވެސް، އަދިވެސް ޓައިވާން ސަރަހައްދުގައި އެގައުމުގެ އަށް މަނަވަރު ހަރަކާތްތެރިވަމުންދާކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޓައިވާން ސަރުކާރުން ދަނީ ޗައިނާއިން އެގައުމުގެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ތަކުރާރުކޮށް ކުށްވެރިކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް