ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 09:16
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން
ރޮއިޓާސް
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން
ޓައިވާން މައްސަލައިގައި އެމެރިކާއިން އަމަލުކުރާގޮތަށް ޔޫރަޕުން އަމަލުކުރަން ނުޖެހޭކަމަށް ވިދާޅުވުމުން މެކްރޮންއަށް ގިނަ ފާޑުކިޔުންތަކެއް
 
ޖަރުމަނުގެ މަޖިލިސް މެންބަރަކު ވަނީ މެކްރޮން މިވަނީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޕީއާރް ދަތުރުފުޅަކަށް ހައްދަވައިފާކަމަށް ވިދާޅުވެފައި
 
މެކްރޮން މިދަނީ ޔޫރަޕުގައި އަމިއްލަފުޅަށް އެކަހެރިވަމުން ކަމަށް ޖަރުމަނުގެ މަޖިލިސް މެންބަރަކު ވިދާޅުވި
 
ޔޫރަޕުން ޗައިނާ އަދި އެމެރިކާއާ ދެމެދު ކޮޅެއް ހިޔާރު ނުކުރާނަމަ، އެމެރިކާއިން ހަނގުރާމާގައި ޔޫކްރެއިންގެ ކޮޅު ނަގާނެކަމެއް ނެތްތޯ އެމެރިކާގެ ސެނެޓަރެއް ވަނީ ސުވާލު އުފައްދަވާފައި

ޓައިވާން، ޗައިނާ މައްސަލައިގައި އެމެރިކާއިން އަމަލުކުރަމުންދާގޮތަށް ޔޫރަޕްގެ ގައުމުތަކުުން އަމަލުކޮށް، އެމައްސަލަ އިތުރަށް ހޫނުކުރަން ނޫޅޭކަމަށް ފްރާސްންގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވުމާއެކު އެމަނިކުފާނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މެކްރޮން ވަނީ ޔޫރަޕްވާން ވާނީ ޓައިވާންގެ މައްސަލައިގައި ޗައިނާ އަދި އެމެރިކާގެ ކޮޅު، ނުނަގާ މިނިވަން ތިން ވަނަ ފަރާތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ އާއި ޗައިނާ އިން "އޯވާރިއެކްޓް" ކުރުމުން ޔޫރަޕުން އެގައުމުތަކުގެ ފަހަތުން ގުޅުމަކީ ހެދޭނެ އެންމެ ބޮޑު އެއް ގޯސްކަމަށް ސިފަކުރައްވާފައެވެ.

މިއާއެކު ހުޅަނގުގެ ގިނަ ސިޔާސީ ފަރާތްތަކުގެ ފާޑުކިއުން ވަނީ މެކްރޮން އަށް އަމާޒުވެގެންގޮސްފައެވެ. އަދި މެކްރޮންގެ މިވާހަކަފުޅުތަކަކީ، ޗައިނާއިން ޓައިވާން ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް ބާރުދޭ ވާހަކަތަކެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ ބަޔެކެވެ. ނަމަވެސް، ޓައިވާނުން ދަނީ މިކަމަށް އިންކާރުކުރަމުންނެވެ.

ޖަރުމަނުގެ މަޖިލިސް މެންބަރަކު ވަނީ މެކްރޮން މިވަނީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޕީއާރް ދަތުރުފުޅަކަށް ހައްދަވައި، ޔޫރަޕަށް "ފޮރިން ޕޮލިސީ ޑިޒާސްޓަރ" އަކަށް ހައްދަވާފައިކަމަށް ވިދާޅުވެފައެވެ. އަދި މެކްރޮން މިދަނީ ޔޫރަޕުގައި އަމިއްލަފުޅަށް އެކަހެރިވަމުން ކަމަށްވެސް ޖަރުމަނުގެ މަޖިލިސް މެންބަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމެރިކާގެ ސެނެޓަރ، މަރކޯ ރުބިއޯ ވަނީ ޔޫކްރެއިންގެ ހާލަތާ ޓައިވާންގެ ހާލަތް އަޅާ ކިއުއްވާ، ޔޫރަޕުން ޗައިނާ އަދި އެމެރިކާއާ ދެމެދު ކޮޅެއް ހިޔާރު ނުކުރާނަމަ، އެމެރިކާއިން ހަނގުރާމާގައި ޔޫކްރެއިންގެ ކޮޅު ނަގާނެކަމެއް ނެތްތޯ ސުވާލު އުފައްދަވާފައެވެ.

އެމެރިކާގައި ހުންނަ ފްރާންސް އެމްބަސީގެ ތަރުޖަމާން ވަނީ މެކްރޮންގެ ވާހަކަފުޅު މާބޮޑަށް މާނަކޮށްފައިވާކަމަށް ވިދާޅުވެ، އެމެރިކާ އަކީ ފްރާންސްގެ އެކުވެރި ގައުމެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް