Advertisement
ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 22:52
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
"ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕުރޮގުރާމު
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން: ނައިބު ރައީސް
ނައިބު ރައީސް ވަނީ ފަހިރާސްތާ ކެމްޕޭނުގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި މުވައްސަސާތަކާއި ކުންފުނިތަކުން ހިއްސާކުރެއްވި ފުރިހަމަ އަދި ބިނާކުރަނިވި މަޢުލޫމާތާއި ޚިޔާލުތަކަށް ޝުކުރު އަދާކުރައްވާފައި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ބޭއްވި "ފަހިރާސްތާ" ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެފަހުން ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވަނީ ފަހިރާސްތާ ކެމްޕޭނުގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި މުވައްސަސާތަކާއި ކުންފުނިތަކުން ހިއްސާކުރެއްވި ފުރިހަމަ އަދި ބިނާކުރަނިވި މަޢުލޫމާތާއި ޚިޔާލުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށާއި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ވެހިކަލް ދުއްވާ ކޮންމެ ފަރާތަކުންވެސް ތިމާގެ އިހުމާލުން ތިމާއަށް ނުވަތަ އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ވިސްނައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ފަރުވާތެރިވެ އިތުރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ބޭއްވި މި ސެޝަނަކީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް އަމާޒުކޮށް ބޭއްވި ސެޝަނެކެވެ. މި ސެޝަނުގައި، އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބުތަކާއި މާލެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ސަރަޙައްދުތަކާ އަދި ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް