ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 22:55
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރަން އެމްޓީޑީން ނެގި ކޮމިޓީގައި ހިމެނޭ މެމްބަރުން
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރަން އެމްޓީޑީން ނެގި ކޮމިޓީގައި ހިމެނޭ މެމްބަރުން
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް
އެމްޓީޑީން ކޮމިޓީއެއް ނެގުން
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރަން އެމްޓީޑީން ކޮމިޓީއެއް ނަގައިފި
 
ކޮމިޓީގައި ތިން މެމްބަރުން ހިމެނޭ

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރަން، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ން ކޮމިޓީއެއް ނަގައިފިއެވެ.

ޖުމްހޫރީ ޕާޓީއާ މަޝްވަރާކުރަން އެމްޓީޑީގެ ފަރާތުން ހަމަޖައްސާފައިވަނީ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުއްރަޝީދު ނާފިޒް ލީޑް ކުރާގޮތަށް، ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް އަދި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ފޮނުވި ސިޓީއާމެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ކަމަށް އެ ޕާޓީން ވަނީ މީގެކުރިން ބުނެފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ، އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އަދީބު ހުންނެވީ ގޭބަންދުގައެވެ.

ޖޭޕީއާއެކު މަޝްވަރާކުރަން އެމްޓީޑީއަށް ގާސިމް ދައުވަތު ފޮނުއްވާފައިވާއިރު، އެ ޕާޓީން ވަނީ ކޯލިޝަން ހަދަން މަޝްވަރާކުރުމުގެ ދައުވަތު އެމްއެންޕީ، އެމްއާރްއެމް، ޕީޕީއެމް, ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދަށް މުނައްވަރަށް ފޮނުވާފައެވެ. މިދައުވަތާ ގުޅިގެން އެމްއާރުއެމުން އަދި ވަކި ގޮތެއް ނުނިންމާއިރު އެހެން ހުރިހާ ފަރާތްތަކުން ވަނީ ޖޭޕީއާއެކު ކޯލިޝަން ހަދަން ބޭނުންނުވާކަން ހާމަކޮށްފައެވެ.

އެމްއާރްއެމްއިން ވަނީ ޖޭޕީއާއެކު މަޝްވަރާކުރުމުގެ ދައުވަތު ގަބޫލުކޮށްފައެވެ. މިވަގުތު ޖޭޕީއާއެކު މަސައްކަތްކުރަމުން އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް