ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 07:40
އޭޑީކޭ އަހުމަދު ނާޝިދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އޭޑީކޭ އަހުމަދު ނާޝިދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ޓްވީޓަރ
އޭޑީކޭ ނާޝިދު ރައީސް އަށް ތާއީދުކުރެއްވުން
އޭޑީކޭ ނާޝިދުގެ ތާއީދު ރައީސް ޞާލިހަށް
ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެއިރުވެސް ރައީސް ސާލިހު، މިހާރު ވެސް ރަައީސް ސާލިހު" ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭޑީކޭ ކޮމްޕެނީގެ ވެރިޔާ އަހުމަދު ނާޝިދު ތާއީދު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކަން ހާމަކުރައްވައިފިއެވެ.

ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެއިރުވެސް ރައީސް ސާލިހު، މިހާރު ވެސް ރަައީސް ސާލިހު" ކަމަށެވެ.

ނާޝިދަކީ ނިމިގެންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ފުރުއްވި މެންބަރެކެވެ. ނާޝިދު އެގޮނޑި ފުރުއްވާފައިވަނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައެވެ.

ނާޝިދު ރައީސް ޞާލިހަށް ތާއީދުކުރައްވާފައިވާއިރު، ވިޔަފާރިވެރިޔާ ޗަމްޕާ އަހުމަދު މޫސާ (އުއްޗު) ވެސް ވަނީ ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާއިރު ޖޭޕީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް އިންތިޚާބުގައި ވާދަކުރައްވައެވެ. ޕީޕީއެމް އިންވެސް ވާދަކުރާނެކަން ވަނީ ހާމަކޮށްފައެވެ.

ރައީސް ޞާލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ. ޖޭޕީއާއެކު މިވަގުތު މަސައްކަތްކުރަމުން އަންނަނީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.

ރައީސް ސާލިހާއި ޖޭޕީގެ ފަރާތުން ކޯލިޝަން ހެދުމުގެ ދައުވަތު ލިބިފައިވާ އެމްއާރްއެމް އިން އަދި ގޮތެއް ނުނިންމައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް