ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 03:02
ލިވަޕޫލްގެ ބައެއް ސަޕޯޓަރުން
ލިވަޕޫލްގެ ބައެއް ސަޕޯޓަރުން
ރޮއިޓާރސް
ޔުއެފާ
ޔުއެފާއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދައުވާ އުފުލައިފި
 
އެ ލޯ ފާމުން މީޑިއާތަކަށް ބުނެފައި ވަނީ 887 ފަރާތުން މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި، މައްސަލަ ހުށަހަޅަން ބޭނުންވާ ޖުމުލަ މީހުންގެ އަދަދަކީ 1076 ކަމަށް

މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައިވެރިވި ލިވަޕޫލްގެ ގާތްގަނޑަކަށް 900 ސަޕޯޓަރުން ދަނޑުގެ ބޭރުގައި ހިނގި ހަލަބޮލިކަމުގެ ތެރެއިން ލިބުނު ޒާތީ އަނިޔާތަކެއްގެ ސަބަބުން ޔޫރަޕްގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ (ޔުއެފާ)އާ ދެކޮޅަށް ގާނޫނީ ދައުވާ އުފުލައިފި އެވެ.

ހައިކޯޓާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވަނީ، ލޯ ފާމް ލީ ޑޭ އިން ޔޫއެފާ އާއި ޔުއެފާ އިވެންޓުތަކާ ދެކޮޅަށް ދައުވާ ކުރުމަށް ހޯމަ ދުވަހު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ލޯ ފާމުން މީޑިއާތަކަށް ބުނެފައި ވަނީ 887 ފަރާތެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި، މައްސަލަ ހުށަހަޅަން ބޭނުންވާ ޖުމުލަ މީހުންގެ އަދަދަކީ 1076 ކަމަށެވެ. އިތުރު ދެ ލޯ ފާމެއް ކަމަށްވާ ޕޮގަސްޓް ގުޑްހެޑް އާއި ލިވަޕޫލްގައި ހުންނަ ބިންގަމްސް ސޮސިލިޓާސް އިން މިދިޔަ އަހަރު ބުނެފައި ވަނީ ޔުއެފާއާ ދެކޮޅަށް ދައުވާ ކުރަން ގަސްތުކުރާ ލިވަޕޫލްގެ ސަޕޯޓަރުން ތަމްސީލުކޮށްދޭނީ އެ ފާމުން ކަމަށެވެ. ގާނޫނީ މައްސަލައާ ގުޅޭ ގޮތުން ޔުއެފާގެ ބަހެއް ހޯދުމަށް މީޑިއާތަކުން އެދިފައިވީ ނަމަވެސް، މިހާތަނަށް އެ އިދާރާ އިން ވަކި އެއްޗެއް ނުބުނެ އެވެ. ޔޫއެފާއިން ވަކި ޓިކެޓްތަކެއް ހުރި ލިވަޕޫލް ސަޕޯޓަރުންނަށް ފައިސާ އަނބުރާ ދޭނެ ކަމަށް އިއުލާން ކުރުމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ތިއޯޑޯ ތިއޮޑޮރިޑިސް މިދިޔަ މަހު ބުނީ "އެ ދުވަހު އެ ސަޕޯޓަރުންގެ ނޭދެވޭ ތަޖުރިބާތައް އަހަރެމެން ދެނެގަންނަ" ކަމަށެވެ.

މިދިޔަ އަހަރު ޕެރިހުގެ ސްޓޭޓް ޑީ ފްރާންސްގައި މެއި 28 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗު ފެށުން ވަނީ 36 މިނެޓަށް ފަސްކޮށްފަ އެވެ. އެއީ ދަނޑަށް ވަންނަން ދިޔަ ލިވަޕޫލްގެ އެތައް ހާސް ސަޕޯޓަރުންތަކަކަށް ދަނޑަށް ނުވަދެވި، އެތަނުގައި ހިނގި ކަންތައްތަކުގެ ސަބަބުންނެވެ. އޭރު ޔުއެފާ އިން ލިވަޕޫލްގެ ސަޕޯޓަރުން ކުށްވެރި ކުރި ނަމަވެސް، ފަހުން އެ އިދާރާ އިން ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ. އެ ދުވަހު ފްރާންސްގެ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްގެން ސަޕޯޓަރުންގެ މައްޗަށް ބާރުގެ ބޭނުންކޮށްފަ އެވެ.

ފެބްރުއަރީ މަހު އާންމުކުރި ދަނޑު ބޭރުގައި ހިނގައި ދިޔަ ހާދިސާތަކުގެ މިނިވަން ރިވިއުއަކުން ދައްކާ ގޮތުގައި ރެއާލް މެޑްރިޑުން 1-0 އިން މޮޅުވި ފައިނަލުގެ ކުރިން "ގާތްގަނޑަކަށް މުސީބާތަކަށް މެދުވެރިވި ގިނަ އަދަދެއްގެ ކަންތައްތަކުގެ" ޒިންމާ ޔޫއެފާ އިން އުފުލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް