ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 23:35
ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އަލް ސައުދު އަދި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން
ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އަލް ސައުދު އަދި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން
ރޮއިޓާސް
އިރާން، ސައުދީ އޮފިޝަލުން ޗައިނާއަށް ވަޑައިގެންނެވ
އިރާން، ސައުދި އަރަބިއާގެ އިސް އޮފިޝަލުން ޗައިނާއަށް ވަޑައިގަންނަވަނީ
 
މިބައްދަލުވުމުގައި ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އަލް ސައުދު އަދި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން ބައިވެރިވެވަޑައިގަންނަވާނެ
 
މިބައްދަލުވުން ވެގެންދާނީ އިރާން އަދި ސައުދީގެ އެންމެ ސީނިއަރ ޑިޕްލޮމެޓުން ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބައްދަލުކުރައްވާ ފުރަތަމަ ބައްދަލުވުމަށް
 
މި ދެގައުމުންވެސް މިހާރު ވަނީ ދެގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށް ނިންމާފައި

އިރާން އަދި ސައުދި އަރަބިއާގެ އިސް އޮފިޝަލުން ޗައިނާއަށް ވަޑައިގަންނަވަން ނިންމާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިރާން އަދި ސައުދީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެދެގައުމުގެ އިސް އޮފިޝަލުންގެ ޓީމެއް، ބުރާސްފަތި ދުވަހު ޗައިނާއަށް ވަޑައިގަންނަވާނެއެވެ.

އެގޮތުން މިބައްދަލުވުމުގައި ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އަލް ސައުދު އަދި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިބައްދަލުވުން ވެގެންދާނީ އިރާން އަދި ސައުދީގެ އެންމެ ސީނިއަރ ޑިޕްލޮމެޓުން ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބައްދަލުކުރައްވާ ފުރަތަމަ ބައްދަލުވުމަށެވެ.

އެތައް އަހަރެން ވަންދެން އިރާން އާއި ސައުދީއާ ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނަސް ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންގޮސްފައި ވަނީ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. އެގޮތުން މި ދެގައުމުންވެސް މިހާރު ވަނީ ދެގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށް ނިންމާފައެވެ. އެގޮތުން ޗައިނާގައި ބޭއްވޭ ބައްދަލުވުމުގައި މިކަމުގެ މަޝްވަރާތައް ކުރާނެކަަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމުގެ މަޝްވަރާތައް ޗައިނާގައި ކުރަން ނިންމާފައި ވަނީ ދެގައުމުގެ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އަލުން އިޔާދަކުރުމުގެ މަޝްވަރާތައް ފެށިގެން ގޮސްފައި ވަނީ ޗައިނާ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެންކަމަށް ވާތީކަމަށް އިރާން އަދި ސައުދީގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
50%
0%
0%
0%
50%
ކޮމެންޓް