ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 17:50
ފުވައްމުލަކުގެ މިސްކިތް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ފުވައްމުލަކުގެ މިސްކިތް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ފުވައްމުލައް ސިޓީގައި މިސްކިތެއް ބިނާ ކުރުން
ފުވައްމުލަކުގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފި
މި މިސްކިތުގެ މަސައްކަތް ނިންމަން ސަރުކާރުން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއް
މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ

ފުވައްމުލައް ސިޓީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ދިވެހި ކުންފުންޏަކާ ހަވާލުކޮށްފިއެވެ

އިސްލާމިކް މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދެވެ.

ފުވައްމުލައް ސިޓީގައި "މަސްޖިދުލް ފަލާޙް"ގެ ނަމުގައި ބިނާ ކުރާ މި މިސްކިތަކީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ނިންމަން ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ދައުރުގެ ތެރޭގައި 40 މިސްކިތެއްގެ މަސައްކަތް ފަށާފައިވާއިރު މީގެ ތެރެއިން 17 މިސްކިތެއްގެ މަސައްކަތް ނިންމައި، ވަނީ ހުޅުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް