ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 06:31
އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށްގެންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގެ ތެރެއިން
އެމްއެންޑީއެފް
ފަތުރުވެރިއަކު ގެއްލުން
އަމީންގިރި ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
 
ވައިގެ މަގުން 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި
 
ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި
 
ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ވަނީ މިހާތަނަށް 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައި

ކ.އަމީންގިރި ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ފަތުރުވެރިޔާ ގެއްލުނު ކަމަށް ބެލެވެނީ މިދިޔަ އާދީއްތަ ދުވަހު އަމީންގިރި ރިސޯޓު ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިންގ އަށް ދިޔަފަހުންނެވެ. އަދި އެ ފަތުރުވެރިޔާ ހޯދުމަށް ކޯސްޓްގާޑުން ކުރިއަަށްގެންދާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އަންގާރަ ދުވަހު ވެސް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ވަނީ މިހާތަނަށް 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އަދި ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑްގެ އުޅަނދުފަހަރުން ބަލާފައިވާއިރު ވައިގެ މަގުން 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެެވެ.

ނަމަވެސް މިހާތަނަށް އެ ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ފަތުރުވެރިޔާގެ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ވެސް ބަލައިދިނުމަށް ކޯސްޓްގާޑުން އެދެއެވެ. އަދި އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
4 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި، އަދިވެސް ނުފެނޭ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް
ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި
ބޭރުގެ ފަސް ޤައުމެއްގެ ސިފައިންނާއެކު "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 12" ފަށައިފި