ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 15:59
މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ
މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ
ރާއްޖެއެމްވީ
ފުއްގިރި ހިޔާނާތް
ފުއްގިރި ހިޔާނާތް: ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފީ 5 ނުކުތާއެއް
 
ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިިޔާރު ހުސައިން ޝަހީދު
 
އަދީބާއި އަބްދުﷲ ޒިޔަތުގެ އިންޓަރވިއު ރެކޯޑިންގ ދޫނުކުރުމަށް ނިންމުމުން އިސްތިއުނާފުކުރި ނުކުތާއެއް ހިމެނޭ
 
ދިރާސާކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުން

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން، އަހުމަދު ކްރިކު ރިޒާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ. 

އިސްތިއުނާފީ ނުކުތާތައް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ދައުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި ހުށައެޅުން ބޭރުކޮށްލާފައިވާތީ ހުށައަޅާ އިސްތިއުނާފީ ނުކުތާއެއް ހިމެނެއެވެ. އެގޮތުން އެ ހުށައެޅުން ބޭރުކޮށްލާފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ނުބަލައިކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކެއް ހިމެނެއެވެ.

އޭގެ އިތުރުން، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ފާހަގަކުރުމަށް ދިފާއަށް ފުރުސަތު ނުދީ، އެ ދެމީހުންގެ ހެކިބަސް ބަލައިގެންފައިވާކަމަށް ބުނެ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން ހެއްކާބެހޭ ގާނޫނަށް ބަލައި، އެ ހެކިބަހާ ގުޅޭ ކަންކަން ފާހަގަކުރުމުގެ ފުރުސަތު އެ ފަރާތަށް ލިބިދީފައި ނުވާކަމަށް އެ ނުކުތާގައި ބުނެއެވެ.

އޭގެ އިތުރުން، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާނުގައި ހިމެނޭ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގެ ދިފާއަށް ދޫކުރާނެ ތަނެއް ނެތްކަމަށް ދަށު ކޯޓުން ނިންމާފައިވާތީ އިސްތިއުނާފުކުރި ނުކުތާއެއްވެސް ހިމެނެއެވެ. ޖުމުލަ 5 އިސްތިއުނާފީ ނުކުތާއެއް އޭނާގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އެ ނުކުތާތަކަށް ދެފަރާތުންވެސް ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުުރުސަތު ދެއްވުމަށްފަހު ޝަރީއަތުން ވަނީ ޝަރީއަތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ސާފު ކުރައްވާފައެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރުމެވެ.

ފުއްގިރި ހިޔާނާތުގެ މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުންތަކާ ގުޅޭ ހުރިހާ މައްސަލައެއްވެސް މިހާރު އޮތީ ހުކުމުގެ މަރުހަލާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް