ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 21:43
އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ތެރެއިން
އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ރ.އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު
އުނގޫފާރު މަގުހެދުމުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ
ބާރް ސްޕީޑްގައި މަސައްކަތް ކުރިއަށްދޭ
ސައިޓުގައި މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތް
މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްގީ ކުރެވިގެންދާނެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ދެވަނަ ފިޔަވަހިގެ ދަށުން، މަސައްކަތުގެ 51 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ސަބްގްރޭޑް ތައްޔާރުކުރުމުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތެވެ.

Advertisement

މިއީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ ދަށުން 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަލަށް ތަރައްގީކުރާ މަގުތަކާއެކު މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ރަށުގެ 17 މަގެއް ތާރުއަޅާ ތަރައްގީ ކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް