Advertisement
ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 20:02
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
އެމްއޭސީއެލް
އޭޓީއާރު މަތިންދާ ބޯޓު
މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާ ބޯޓު ރާއްޖެ ގެނެސްފި
މި ބޯޓަކީ 46 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެއް

މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ.

ފްރާންސުން ފުރައިގެން އާދިއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި މި ބޯޓަކީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ 46 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު ޤައުމީ އެއަރލައިންގެ ފްލީޓް 14 ބޯޓަށް މިހާރު ވަނީ އިތުރުވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ވިދާޅުވީ މިއީ އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

Advertisement

ޖެނިފާ ވިދާޅުވީއަމާޒަކީ ކުރިއަތް އޮތް އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުން ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް މިހާރު ގެނެފައިވާ 3 ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ޖެނީފާ އިތުރަށް ވިދާޅުވީ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިރުޝާދާއެކު ޑޭޝް މަރުކާގެ ބޯޓު ނުގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސްޕެއާރ ޕާޓްތައްވެސް ލިބުން ވަރަށް ދަތި ކަމަށާއި ޑޭޝް 8 ގެ ހުރިހާ އެއަރކްރާފްޓެއް ފޭސް އައުޓް ކުރުމުގެ ޕްލޭން މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

އައު މަތިންދާބޯޓުތަކެއް ގެންނަން ނިންމީ މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވެ، އޭގެ މެއިންޓަނެންސްގެ ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލްއަށް ވެސް ބުރޫއަރާތީ އެވެ. މި އާ ބޯޓުތަކާއެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް