ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 16:06
ނިއުރޭޑިއަންޓްގެ ކޯޗު ނިމާއާއި، އެސިސްޓެންޓް ކޯޗު ފަރޭ: ފޮޓޯ-ނިއުރޭޑިއަންޓް
ނިއުރޭޑިއަންޓްގެ ކޯޗު ނިމާއާއި، އެސިސްޓެންޓް ކޯޗު ފަރޭ: ފޮޓޯ-ނިއުރޭޑިއަންޓް
ނިއުއަށް ކޯޗުން ހަމަޖެއްސުން
ނިއުރޭޑިއަންޓްގެ ކޯޗަކަށް ނިމާ، އެސިސްޓެންޓަކަށް ފަރޭ
ނިއުރޭޑިއަންޓް ވާދަކުރަނީ ދެވަނަ ޑިވިޝަންގައި

ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވާން މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއުރޭޑިއަންޓްގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) ހަމަޖައްސައިފިއެވެ.

ދެވަނަ ޑިވިޝަންގައި ވާދަކުރާ ޓީމްގެ ކޯޗަކަށް ހަމަޖެއްސި ނިމާއަކީ ދެވަނަ ޑިވިޝަނާއި, ތިންވަނަ ޑިވިޝަންގައިވެސް ތަޖުރިބާ ބޮޑު ކާމިޔާބުކޯޗެކެވެ. އެއީ ދެވަނަ ޑިވިޝަންގައި މިދިޔަ އަހަރު ޖޭޖޭ ސްޕޯރޓްސްގެ ކޯޗެވެ. ނިމާ ބޮޑަށް ފާހަގަކުރެވުނީ އީގަލްސްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ނަމަވެސް މުހިއްމު ވަގުތު ޓީމްގެ ހެޑް ކޯޗެއްގެ ޒިންމާ އަދާކުރި ކޯޗެއްގެ ގޮތުގައެވެ. އީގަލްސްއަށް ކުޅެ, ފަހުން އެކްލަބްގެ ކޯޗިންގ ޓީމްގައި އަހަރުތަކެއް މަސައްކަތްކުރިއެވެ. އީގަލްސްގެ ޔޫތް ޓީމްތަކާއެކުވެސް ކާމިޔާބުތައް ހޯދިއެވެ.

ނިމާގެ އެހީތެރިއަކަށް ހަމަޖެއްސި ފަރުހާދު އިސްމާއީލް (ފަރޭ) އަކީ އެކްލަބްގެ ކުރީގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ ބޮޑަތި ކްލަބްތަކަށް ކުޅެ ކާމިޔާބު ހޯދިއެވެ. އޭގެތެރޭގައި ވިކްޓްރީއާއި, ވީބީއާއި, މާޒިޔާއާއި, ގްރީން ސްޓްރީޓްސްއާއި, ވެލެންސިޔާވެސް ހިމެނެއެވެ. ކުޅެމުން ފަރޭ އަންނަނީ ކޯޗިންގ މަސައްކަތްވެސް ކުރަމުންނެވެ. ތިންވަނަ ޑިވިޝަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރިއެވެ. ޔޫތް ސިސްޓަމްގެ ތެރޭގައިވެސް އޭނާގެ ކޯޗިންގ މަސައްކަތްތައް ރަނގަޅެވެ.

މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓަށް އިރުޝާދުދިނީ ސޮބާހު މުޙައްމަދެވެ. މިއަހަރު އޭނާ ހަވާލުވީ ވިކްޓްރީގެ ކޯޗުކަމާއެވެ.

- ކޮމެންޓް