ކ. މާލެ
|
5 ޖުލައި 2017 | ބުދަ 20:07
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ވޭން ރޫނީ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ވޭން ރޫނީ
ގޯލް.ކޮމް
ވޭން ރޫނީ
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
ރޫނީ ވަނީ މީގެކުރިންވެސް އެވަޓަން އަށް ކުޅެފައި
ރޫނީ އެވަޓަން އަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން

ޓްރާންސްފާއާ ގުޅޭގޮތުން މެންޗެސްޓާ ޔުނައިޓެޑާއެކު އިންގްލޭންޑްގެ ކެޕްޓަން ވޭން ރޫނީ މަޝްވަރާކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލް އިން ރޫނީ ފެނިފައިވާއިރު، އޭނާ ކުރިޔަށް އޮތް ދުވަސްތަކުގައި ޓްރާންސްފާގެ ކަންތައް ނިންމާލުމަށްފަހު އެވަޓަންއަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެކުރިން އެވަޓަންއަށް ކުޅެފައިވާ އުމުރުން 31 އަހަރުގެ ރޫނީ އެވަޓަން އަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ކަމަށް ރިޕޯޓްތައްބުނެއެވެ.

ރޫނީ އަކީ ޔުނައިޓެޑަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތް ސީޒަނުގައިވެސް އޭނާގެ ބޭނުން ޖެހޭނެ ކަމަށް ޔޫރޮޕާ ލީގް ފައިނަލް މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކްލަބުގެ ކޯޗު ވަނީ ބުނެފައެވެ.

މިސީޒަނުގައި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ރޫނީއަށް މާ ގިނަ މެޗުތަކަކުން ޖާގަ ލިބިފައެއް ނުވެއެވެ. ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑްގެ ކީ ޕްލެއަރެއްގެ ގޮތުގައި ބޭނުންކުރަމުން އައި ޒްލަޓަން އިބްރަހިމޮވިޗްއަށް އަނިޔާވެ ސީޒަން ނިންމާލަން ޖެހިފައިވުމުން، ސީޒަނުގެ ބާކީއޮތް ބައިގައި ރޫނީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ސީނިއާ ފުޓުބޯޅަ ކެރިއަރުގެ ކްލަބް ލެވެލްގައި މީގެ ކުރިން އެވަޓަން އަށްވެސް ކުޅެފައިވާ ރޫނީ މިހާތަނަށް 13 އަހަރު މެނެޗެސްޓާ ޔުނައިޓެޑްގައި ހޭދަކޮށްފައިވާއިރު، އޭނާވަނީ ޔުނައިޓެޑަށް 559 މެޗު ކުޅެދީ 253 ލަނޑު ޖަހައިދީފައެވެ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް