Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 19:52
ޒުވާނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުން
ޒުވާނުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުން
ރާއްޖެއެމްވީ
ޕީޕީއެމް ޒުވާނުން
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
އެއްވުމުގައި ބައިވެރިން ވަނީ ރައީސް ޔާމީނާ އެކު ތިބިކަން ހާމަކޮށް ޝުއޫރު ފާޅުކޮށްފަ
އެމަނިކުފާނަށް ޒުވާނުންގެ ސަޕޯޓް އެބައޮތް

ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން އެއްވުމެއް ބާއްވައިފިއެވެ.

 

ބުދަދު ދުވަހު ކާނިވަ ސަރަހައްދުގައި ބޭއްވި މިއެއްވުމުގައި ބައިވެރިވި ޒުވާނުން ވަނީ ރައީސް ޔާމީނާ އެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ޝުއޫރު ފާޅުކޮށްފައެވެ.

 

މި އިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެއް ކަމުގައިވާ މުހައްމަދު ޖިނާން ބުނީ، މީ މާލޭގައި ތިބި ކްލަބްތަކަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން ރައީސް ޔާމީނުގެ ފަހަތުގައި އެ ފަރާތްތަކުން ތިބިކަން ހާމަކުރުމަށް ބޭއްވި އެއްވުމެއް ކަމަށެވެ.

 

އަދި އެމަނިކުފާނަށް ޒުވާނުންގެ ސަޕޯޓް އޮތްކަން ހާމަކުރުމަށް ބޭއްވި އިވެންޓެއްކަމަށް ޖިނާން ބުންޏެވެ.

 

އޭނާ ބުނީ މީ ކޮންމެހެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ސަރުކާރަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ބޭއްވޭ އިވެއްޓެއް ނޫންކަމަށެވެ. އަދި މީގެ ކުރިންވެސް އަދި ފަހުންވެސް މިފަދަ އިވެންޓްތައް ބާއްވާނެކަމަށް އޭނާ ބުންޏެވެ.

 

ޖިނާން ބުނީ، ހުރިހާ ޒުވާނުންވެސް ތިބީ ރައީސް ޔާމީނާ އެއްކޮށް ކަމަށާއި، އެމަނިކުފާނު ޒުވާނުންނަށް ވި ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދައިދީ އަދި ދެންވެސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 12:33
އަލަތު ކައިވެނިކޮށް ފުލެޓް ތަޅ
ތިތަނުގަ އެބައިންތޯ އެއްވެސް ޒުވާނެއް އަލަތު ކައިވެންޏާއެކު ފުލެޓް ލިބުނު؟؟؟ ތިތަނުގަ އެބައިންތޯ ރިސޯޓްގެ ހިއްސާލިބުނު ޒުވާނެއް؟؟؟ ލާރިކޮޅެއްބަހާލީމަ ތިތަނަށްދާނެ މީހުނަވާނެދޯ. އެއީވެސް އަހަރެމެން ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ލާރި
6 ޖުލައި 2017 | ބުރާސްފަތި 12:29
ޒުވާނުން
ދިވެހި ޒުވާނުން ޔާމީނަށް ތާއީދު ހާމަކުރުމަށް ބޭއްވި އެއްވުމަކަށް އެއްވެސް އަންހެންބޭފުޅަކު ވަޑައިނުގަތުމާއި ޝައިނީ ފިޔަވާ ވަޒީރެއް' ރައްޔިތންގެ މަޖިލިސް މެމްބަރެއްވެސް ހާޒިރުވެފައި ނެތުމަކީ ޔާމީނުވެސް ލަދުގަންނަންޖެހޭނެކަމެކެވެ. އަދި ކިއެއްތޯ' ޒުވާނުންގެ އެއްވުމެއްގައި ބައިވެރިވި ޒުވާނުންނަށް މުޚާތަބު ކޮށްލުމަސް ޒުވާނުންގެ މިނިސްޓަރުވެސް ވަޑައިނުގަތެވެ. ފަހަރުގައި އެއީ އަންހެންބޭފޫފުޅެއްވީމަ މިއެއްވުމަށް ވަޑައިގަތުމުގެ ހުއްދަނުލިބުނީ ކަމަށްވެސް ވެދާނެއެވެ.