ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 10:50
ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް މާމައާއެކު ނަންގަވާފައިވާ ފޮޓޯއެއް
ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް މާމައާއެކު ނަންގަވާފައިވާ ފޮޓޯއެއް
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް
މިނިސްޓަރު މަހުލޫފުގެ މާމަ ނިޔާވެއްޖެ
ޒުލައިހާ ހުސައިން ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް
ކިޑްނީ މައްސަލައާއި އޭގެ އިތުރުންވެސް ގިނަ ސިއްޙީ މައްސަލަތަކަށް އޭނާ ގެންދިޔައީ ފަރުވާ ހޯދަމުން

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މާމަ ޒުލައިހާ ހުސައިން ނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުލައިހާ ހުސައިން ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެގޮތުން ކިޑްނީ މައްސަލައާއި އޭގެ އިތުރުންވެސް ގިނަ ސިއްޙީ މައްސަލަތަކަށް އޭނާ ގެންދިޔައީ ފަރުވާ ހޯދަމުންނެވެ.

މަހްލޫފްގެ މާމަ ޒުލައިހާ ހުސައިން ނިޔާވިއިރު އުމުރުން 89 އަހަރެވެ.

ރާއްޖެއެމްވީއަށް މަހުލޫފުގެ އާއިލާ މެންބަރަކު ވިދާޅުވީ، ޒުލައިހާ ހުސައިން ހޮސްޕިޓަލުުގައި އެޑްމިޓްކޮށްފައި އޮންނަތާ ދޮޅުމަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

- ކޮމެންޓް