ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 08:02
ލިވަޕޫލާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ކޯޗު ގާޑިއޯލާ
ލިވަޕޫލާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގައި ކޯޗު ގާޑިއޯލާ
ރޮއިޓާރސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް ބަލިކުރުމުގައި ސިޓީގެ ކުޅުންތެރިން ދެއްކީ "ފުރިހަމަ ކުޅުމެއް"
 
އޭނާ ބުނީ މެޗު ފަށައިގެން ގޮސް، މެޗުގެ 93 ވަނަ މިނެޓާ ހަމައަށް ސިޓީގެ ކުޅުންތެރިން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅެ އެ ޓީމު ބަލި ކުރި މެޗުގައި މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އިންޓަނޭޝަނަލް ބްރޭކަށްފަހު ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ލިވަޕޫލް ބަލި ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗު ފަށައިގެން ގޮސް، މެޗުގެ 93 ވަނަ މިނެޓާ ހަމައަށް ސިޓީގެ ކުޅުންތެރިން ދެއްކީ ފުރިހަމަ ކުޅުމެއް ކަމަށެވެ. އެގޮތުން ޓީމަކާ ދެކޮޅަށް، ވަކިން ޚާއްސަކޮށް މިދިޔަ ސީޒަންގައި ސިޓީއާ އެންމެ ވާދަވެރި ޓީމާ ދެކޮޅަށް ކުޅުނީ އޭނާ ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ކަމަށެވެ. ގާޑިއޯލާ ބުނީ އަބަދުވެސް ލިވަޕޫލް އަކީ އިދިކޮޅަށް ކުޅުމުގައި ފުރުސަތު ހޯދުމަށް އުނދަގޫ ޓީމެއް ކަމަށާއި، އެމީހުންގެ ފެންވަރާއި، ޕްރެސް ކުރުމުގައި އެމީހުންގެ ވައްޓަފާޅި އަބަދު ވެސް އުނދަގޫވެފައި އޮންނަ ކަމަށެވެ. ނަމަވެސް ގޯލް ކީޕަރު އެޑާސަންއާ ހަަމައިން ފެށިގެން ގޮސް، ޖެކް ގްރީލީޝްއާ ހަމަ އަށް މުޅި ޓީމުން ދެއްކީ ތަފާތު ކުޅުމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

މެޗުގައި ގްރީލީޝް ދެއްކި ކުޅުމާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ، މުޅި މި ސީޒަންގައި ވެސް އޭނާ ދެއްކީ މޮޅު ކުޅުމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި މިހާރު ފެންނަނީ މީގެ ކުރިން އެސްޓަން ވިލާގެ ސަޕޯޓަރުންނަށް ވެސް ފެނުނު ގްރީލީޝް ކަަމަށާއި، ސިޓީގެ މިސްރާބު ވެސް ހުރީ މިދިޔަ ސީޒަނާ އެއް ހަމައެއްްގައި ކަމަށެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގްރީލިޝް އަށް އިތުބާރު އޮންނަ ކަމަށާއި، ލިވަޕޫލާ ދެކޮޅަށް އޭނާގެ މޮޅު ކުޅުން ފެނުނު ކަމަށެވެ. ގާޑިއޯލާ ބުނީ ސަޕީޓަރުންގެ ފަރާތުން ގްރީލިޝް އަށް ޙައްޤު ސަޕޯޓު އެ މެޗުގައި ދިން މަންޒަރު ވެސް ފެނުނު ކަމަށާއި، އެކަމާ އޭނާ ވަރަށް އުފާވާ ކަމަށެވެ. އެގޮތުން ގްރީލިޝްގެ މޮޅުކަން ފެނުނީ އެންމެ މެޗެއްގައި ނޫން ކަމަށާއި، މުޅި ސީޒަންގައި ވެސް އޭނާގެ މޮޅުކަން ފެނުނު ކަމަށެވެ.

އެއް ވަނައިގައި އޮތް އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ސިޓީ އޮތީ ދެ ވަަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 28 މެޗުން 62 ޕޮއިންޓާއެކު އެވެ. ލީގުގައި ސިޓީ އަށް ދެން އޮންނާނީ މި މަހުގެ އަށް ވަނަ ދުވަހު ސައުތުހެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް