ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 07:55
އައިއޯއައިޖީ އަށް ތައްޔާރުވުމަށް އެކުލަވާލި ފިރިހެން ސްކޮޑު
އައިއޯއައިޖީ އަށް ތައްޔާރުވުމަށް އެކުލަވާލި ފިރިހެން ސްކޮޑު
އެތްލެޓިކްސް އެސޯސިއޭޝަން
އެތުލެޓިކްސް އެސޯސިއޭޝަން
އައިއޯއައިޖީ އަށް ތައްޔާރުވުމަށް އެތުލެޓިކްސް ސްކޮޑު އެކުލަވާލައިފި
މިހާތަނަށް އެކުލަވާލާފައި ވަނީ 27 އެތުލީޓުންގެ (15 ފިރިހެން އަދި 12 އަންހެން) ސްކޮޑެއް

މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން 27 އެތުލީޓުންގެ މައްޗަށް އެކުލެވޭ ސްކޮޑެއް އެކުލަވާލައިފި އެވެ.

މިއަހަރުގެ އައިއޯއައިޖީ ބޭއްވުމަށް މިހާރު ހަމަޖެހިފައި މަޑަގަސްކަރައިގަ އެވެ. އެ ޤައުމުގައި އައިއޯއައިޖީ ކުރިއަށް ދާނީ މިއަހަރުގެ އޯގަސްޓު މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށެވެ. ރާއްޖެ އިން އެކުލަވާލި ސްކޮޑުގައި ހިމެނެނީ 15 ފިރިހެން އެތުލީޓުންނާއި 12 އަންހެން އެތުލީޓުންނެވެ.

މީގެ ތެރެއިން ފިރިހެން ސްކޮޑުގައި ހިމެނޭ އެތުލީޓުންނަކީ އާދަމް ރިފްއަތު، އަޙުމަދު ވިސާމް، ޙުސެއިން ފަޒީލް ހާރޫން، އިބާދުﷲ އާދަމް، މުޙައްމަދު އިރުފާން، ޢަބްދުއް ރަޝީދު އިސްމާއީލް، ޙުސެއިން ރިޒާ، ޙުސަން ސާއިދު، އަޙުމަދު ނަޖުދާން ޢަބްދުﷲ، ޙުސެއިން ޒީކް ސައުދު، އިބްރާހީމް ނާހިލް ނިޒާރު، މުޙައްމަދު މިންހާލް ޝާމިން، ޔޫސުފގް އިބްރާހީމް، ޒިއުޒް މުޙައްމަދު ސައުދު އަދި ނުޖޫމް ޙަސަން އެވެ. މީގެ ތެރެއިން އެކި އެތުލީޓުން މިހާރު ވެސް އަންނަނީ އެކި ޤައުމުތަކުގައި ތަމްރީނުތައް ހަދަމުންނެވެ. އެގޮތުން މިންހާލް އަދި އިބާދުﷲ އަންނަނީ ޖެމެއިކާގައި ތަމްރީނު ހަދަމުންނެވެ.

އަންހެން ސްކޮޑުގައި ހިމެނުނު އެތުލީޓުންނަކީ، އާމިނަތު ޖާއިސާ ޖުނީޒް، ޒިވާ މޫސާ ޝަފީއު، ރިފާ މުޙައްމަދު، މަރިޔަމް އައިހާ ޙުސެއިން، އައިޝަތު ސަބާ ސަލީމް، އަހްނާ ނިޒާރު، އައިޝަތު ހިމްނާ ޙަސަން، އާމިނަތު ލަޔާނާ މުޙައްމަދު، ޙައްވާ މުޒްނާ ފާއިޒް، މަރިޔަމް ޢަބްދުއް ކަރީމް، މަރިޔަމް ރޫޔާ އަލީ އަދި ޝަމްހާ އަޙުމަދު އެވެ. މީގެ ތެރެއިން ހިމްނާ އަދި ރޫޔާ އަންނަނީ ޖެމެއިކާގައި ތަމްރީނުތައް ހަދަމުންނެވެ. ބާކީ ތިބި ގިނަ އެތުލީޓުން އަންނަނީ ރާއްޖާގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ދިން ފުރުސަތެއްގައި ތަމްރީނުތައް ހަދަމުންނެވެ.

ރާއްޖެއިން އަންނަނީ މިއަހަރު އޮންނަ އައިއޯއައިޖީގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ދުރާލާ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް