ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 16:39
ސިނަމަން ރޯލް
ސިނަމަން ރޯލް
ޑެލިޝިއަސް އެންޑް އީޒީ ރެސިޕީ
ބަދިގެ 1444
ސިނަމަން ރޯލް
 
ސިނަމަން ރޯލް އަކީ ދިވެހިންގެ މެދުގައި މަގުބޫލޫ ފޮނި ކާއެއްޗެއް

ސިނަމަން ރޯލް އަށް ބޭނުންވާ ތަކެތި

  • 1 1/4 ޖޯޑު ކިރު
  • 4 މޭޒުމަތި ސަމުސާ ހަކުރު
  • 1 މޭޒުމަތީ ސަމުސާ ޔީސްޓް
  • ބައި ޖޯޑު ތެޔޮ
  • 3 1/2 ޖޯޑު ފުށް
  • 1 ސައި ސަމުސާ ބޭކިން ޕައުޑަރ
  • ބައި ސަމުސާ ލޮނު

ފިލިން އަށް ބޭނުންވާ ތަކެތި

  • 5 މޭޒުމަތީ ސަމުސާ ބަޓަރ
  • 1/3 ޖޯޑު ހަކުރު (މުގުރާފައި)
  • 2 ސައިސަމުސާ ސިނަމަން (ހިމުންކޮށް މުގުރާފައި)
  • ބައި ސަމުސާ ކޯން ސްޓާރޗް

ސޯސް އަށް ބޭނުންވާ ތަކެތި

  • 1 ޖޯޑު ހަކުރު (މުގުރާފައިހުރި )
  • 1/3 ޖޯޑު ކްރީމް ޗީޒް
  • 1/4 ޖޯޑު ބަޓަރ
  • ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯތައްޓެއްގައި، ކިރު، ހަކުރު، ޔީސްޓް، އަޅައި އެއް ކޮށްލާށެވެ. ދެން 5 މިނިޓް ބަންދުކޮށްފައި ބަހައްޓާށެވެ. އެއަށްފަހު، ތެޔޮ، ފުށް، ބޭކިން ޕައުޑަރ، ލޮނު، އަދި ކުރިން އެއްކުރި ބައި އަޅައިގެން ފުށްގަނޑު ރަގަޅަށް މޮޑެލާށެވެ. ދެން އިތުރު ބޯތައްޓެއްގައި ތެޔޮ ފޮދެއް ހާކާފައި، ފުށްގަނޑު ވަށްކޮށްލުމަށްފަހު، 40 މިނިޓް ކަވަރ ކޮށްފައި ބާއްވާލާށެވެ.

ދެން މުގުރި ހަކުރު، ސިނަމަން، ސްޓަރޗް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ތައްޔާރު ކުރި ފުށްގަނޑުން ރޮށި ދަމާހެން ތަންކޮޅެއް ބޯކޮށް ހުންނަ ވަރަށް ދަމާލާށެވެ. ދެން އޭގެ މަތީގައި ބަޓަރު ހާކާލުމަށްފަހު، ސިނަމަން މިކްސް ބުރުވާލާށެވެ. ފުށްގަނޑުގަ އެއްކޮށް ހާކާލަން ވާނެއެވެ. ދެން ފުށްގަނޑު ނުވަތަ ސިނަމަން ހޭކި ބޮޑު ރޮށި އެއްއަރިމަތިން ފެށިގެން އެއްކޮށް އޮޅާލާނީ އެވެ. ރޯލް އެއްހެންނެވެ. އެއަށްފަހު ދެ ބަޔަކަށް ރޯލް ބައި ކޮށްލުމަށްފަހު، އެއްވަރު ވާނެހެން ބުރި ބުރިކޮށްލާށެވެ. ދެން ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު، ސިނަމަން ރޯލްތައް އަތުރާލާށެވެ. އަދި 180 ޑިގްރީގައި 15 މިނިޓް ފިހެލާށެވެ. ފިހެ ނިމުމުން ބޯތައްޓެއްގައި މުގުރި ހަކުރު، ކްރީމް ޗީޒް، މިލްކް، ވެނީލާ އެސެންސް، އަޅައި މިކްސް ކޮށްލުމަށްފަހު، ސިނަމަން ރޯލްތަކުގެ މައްޗަށް އަޅާ ފަތުރާލާށެވެ. މިހާރު މިހުރީ ސިނަމަން ރޯލްސް ތައްޔާރުކޮށް ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
33%
50%
0%
0%
0%
17%
ކޮމެންޓް