ކ. މާލެ
|
5 ޖުލައި 2017 | ބުދަ 18:20
ބުރިޖްގެ އެއް ތަނބުގެ މަސައްކަތް
ބުރިޖްގެ އެއް ތަނބުގެ މަސައްކަތް
ހައުސިންގް މިނިސްޓްރީ
ބްރިޖުގެ މަސައްކަތް
ބުރިޖުގެ މަސައްކަތް ބާރަށް އެބަދޭ، އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވާނެ: މުއިއްޒު
ބުރިޖަކީ ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދު
އަންނަ އަހަރުގެ ޖުލައި މަހު ވެސް ހުޅުވިދާނެ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްތައް ތަވާލުގައި ބުނެފައިވާ ތާރީހަށް ވުރެ އަވަހަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 

ބުދަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ނޫސްވެރިންނަށް ދައުވަތުދީގެން ބްރިޖަށް ގެންގޮސް އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހު މައުލޫމާތުތައް ދީފަ އެވެ. އަދި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ އެތަނަށް ވަޑައިގެން ބުރިޖްގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ކިޔާ ދެއްވުމަށް ނޫސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

 

މިނިސްޓަރު ވިދާޅުވި ގޮތުގައި ބުރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ކޮންމެ ހަފްތާއެކު އެއްފަހަރު ހައުސިން މިނިސްޓްރީން ސާފުކުރެ އެވެ. މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގަދަވެ ވިއްސާރަ ކުރިނަމަވެސް މަސައްކަތް މަޑު ނުޖެހި ކުރިއަށްދާނެ ގޮތަށް ބުރިޖުގެ މަސައްކަތް ކުރާ ކުންފުނިން މަސައްކަތްތައް ރާވާފައިވާ ކަމަށެވެ.

 

"ސެޕްޓެމްބަރު މަހަށް ބުރިޖު ހުޅުވިގެންދާނެ އަޅުގަނޑުމެން އަދިވެސް އުއްމީދު ކުރަނީ އޭގެ ދެ މަސްދުވަސް ކުރިއަށް، ޖުލައި މަހުގެ 26 އަށް ނިންމޭނެ ކަމަށް، އެތާރީހަށް ނިންމޭނެ ގޮތަކަށް މި ފެންނަނީ" އޭނާ ވިދާޅުވި އެވެ.

 

މިނިސްޓަރު ވިދާޅުވީ ބުރިޖުގެ ހުރިހާ ތަނބެއްގެ ކޮންކްރީޓް މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.  ބުރިޖުގެ މަސައްކަތް ކުރުމަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިނިސްޓަރު ވިދާޅުވީ ފައިސާގެ ދަތި ކަމެއްވެސް ނެތް ކަމަށާއި ކަނޑައަޅާފައިވާ ތާވާލާ އެއްގޮތައް ފައިސާ ދޫކަމުންދާ ކަމަށެވެ. އަދި އެހެންމެ ކޮލެޓީވެސް ވަރަށް ރަނގަޅަށް މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ބުރިޖުގައި ދަތުރު ކުރާ މީހުންގެ އަތުން ނަގާ ފީތަކާއިމެދު އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށާއި  އެހެން ނަމަވެސް އެކަށީގެންވާ އަގެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

ރައީސް އަބްދުﷲ ޔާމިން ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބުރިޖު ކަމަށާއި އެހެން ކަމުން ރައްޔިތުން އުފާވާނެ އަދި ހިތްހަމަ ޖެހޭނެ ފެންވަރެއްގައި އެ މަސައްކަތް ނިންމަދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

 

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ހުޅުލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ މަގު ހެދުމުގެ މަސައްކަތްވެސް މިހާރު އެޗްޑީސީން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް