ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 23:03
ޗައިނާގެ ރައީސް ޝީ ޖިން ޕިންގާއި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން
ޗައިނާގެ ރައީސް ޝީ ޖިން ޕިންގާއި ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން
ރޮއިޓަރސް
ޗައިނާ-ރަޝިއާ ގުޅުން
ޗައިނާއިން ރަޝިއާގެ އަސްކަރިއްޔާއާއެކު މަސައްކަތްކުރަން ތައްޔާރު: ޗައިނާ ޑިފެންސް މިނިސްޓްރީ
 
ރަޝިޔާގެ އަސްކަރިއްޔާއާ ގުޅިގެން ސްޓްރެޓެޖިކް ކޮމިއުނިކޭޝަން، އަދި ކޯޑިނޭޝަން ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމަށް ޗައިނާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި
 
ދެގައުމުގެ އަސްކަރީ ގުޅުން އިތުރުކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އިންސާފާއި ސުލްހަ ހިމާޔަތްކުރާނެ ކަމަށްވެސް ވިދާޅުވި
 
ދެގައުމުން ގުޅިގެން ޖޮއިންޓް މެރިޓައިމް، އެއަރ ޕެޓްރޯލް، އަދި ޖޮއިންޓް ތަމުރީނުތައް އިތުރަށް އިންތިޒާމް ކުރާނެ ކަމަށްވެސް ވިދާޅުވި

ޗައިނާއިން ރަޝިއާގެ އަސްކަރިއްޔާއާއެކު މަސައްކަތްކުރަން ތައްޔާރުކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ, އެގައުމުގެ އަސްކަރިއްޔާއިން ރަޝިޔާގެ އަސްކަރިއްޔާއާ ގުޅިގެން ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަދި ކޯޑިނޭޝަން ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމަށް، ބުރާސްފަތި ދުވަހު ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޓޭން ކެފެއި ވިދާޅުވީ, ދެގައުމު ގުޅިގެން ދުނިޔޭގެ ސަލާމަތީ މަސައްކަތްތައް ތަންފީޒުކުރާނެ ކަމަށެވެ.

ދެގައުމުގެ އަސްކަރީ ގުޅުން އިތުރުކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އިންސާފާއި ސުލްހަ ހިމާޔަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެގައުމުން ގުޅިގެން ޖޮއިންޓް މެރިޓައިމް، އެއަރ ޕެޓްރޯލް، އަދި ޖޮއިންޓް ތަމުރީނުތައް އިތުރަށް އިންތިޒާމްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ދާދި ފަހުން ރަޝިޔާއަށް ޒިޔާރަތް ކުރައްވައި، އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިންއާ ބައްދަލުކުރައްވާފައެވެ. މިއީ އެމެރިކާއިން ކުށްވެރިކުރި ދަތުރުފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް