ކ. މާލެ
|
5 ޖުލައި 2017 | ބުދަ 14:22
"ޑެޑީ"ގެ ޕޯސްޓަރެއް
"ޑެޑީ"ގެ ޕޯސްޓަރެއް
ފޭސްބުކް
ޑެޑީ
"ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު 8 އަށް
ފިލްމު ރިލީޒްކުރުމަށް ލަސްކުރީ ގަވްލީގެ ދަރިފުޅުގެ އެދުމުގެ މަތިން

އަރުޖުން ރާމްޕަލްގެ އެންމެ ފަހުގެ ފިލްމް "ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރިން "ޑެޑީ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހަށެވެ.

މި ފިލްމަކީ އިންޑިއާގެ މުމްބާއީގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް ހަދާ ފިލްމެކެވެ. މުމްބާއީގެ ގޭންސްޓާރެއް ކަމަށްވާ އަރުން ގަވްލީގެ ހަޔާތް ފަހުން ޕޮލިޓިޝިއަނަރަކަށް ބަދަލުވާ ގޮތް ފެނިގެންދާ މިފިލްމުގައި އަރުޖުން ރާމްޕަލްގެ އިތުރުން ފެނިގެންދާނީ ފަރްހާން އަހްތަރް އާއި އައިޝްވަރްޔާ ރާޖޭޝްއެވެ.

މި ފިލްމު ސިނަމާތަކަށް އައުން ލަސްކޮށްފައި ވަނީ އަރުން ގަވްލީގެ އަންހެންދަރި ގީތާގެ އެދުމަކަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އަރުން ގަވްލީ ޕޮލިޓިކަލް ދާއިރާއަށް ވަދެފައިވަނީ 1980 ގެ ތެރޭގައެވެ.

ގަވްލީގެ ޕޮލިޓިކަލް ހަޔާތް ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރު، ޝިވް ސޭނާ ލީޑަރ ކަމްލާކަރ ޖަމްސަންދެކަރު މަރާލިކަމަށް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. އެހެންކަމުން މުމްބާއީ ކޯޓުން ވަނީ އޭނާގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ހުކުމް އިއްވާފައެވެ. ގަވްލީގެ އަންހެން ދަރިފުޅު ގީތާ އުއްމީދު ކުރަނީ "ޑެޑީ" ރިލީޒްކުރުމާއެކީ  ޕެރޯލްގެ ދަށުން އޭނާގެ ބައްޕަ ޖަލުން މިނިވަން ވާނެ ކަމަށެވެ.  ޝިވް ސޭނާ ލީޑަރ ކަމްލަކަރ ޖަމްސަންދެކަރު މަރާލާފައި ވަނީ 2008 ވަނަ އަހަރުގައެވެ.

ޖަމްސަންދެކަރު މަރާލުމުގައި ބައިވެރިވި ގަވްލީ ގޭންގުގެ 11 މީހަކަށް އެ ފަހަރު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

- ކޮމެންޓް