Advertisement
ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 20:37
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހާރިޖީ ވުޒާރާ
ވިސާއާނުލައި އޮމާންގައި 14 ދުވަހު ތިބެވޭނެ
ވިސާއާނުލައި އޮމާންގައި 14 ދުވަހު ތިބެވޭނެ އިންތިޒާމް ހަމަޖައްސައިފި
ދުރާލައި ހައްދާފައިވާ ހޮޓެލް ބުކިންގއަކާއި ހެލްތު އިންޝުއަރެންސްއާއި ދެކޮޅު ޓިކެޓު އޮންނަންވާނެ
ޕާސްޕޯޓުގެ މުއްދަތުގައި މަދުވެގެން 6 މަސްދުވަސް އޮންނަންވާނެ
މިއީ އޮމާނުން ރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއް

ދިވެހިރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާ ނެގުމަކާނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

Advertisement

މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރިން ވިސާ ނެގުމަކާނުލައި އޮމާނަށް ދަތުރުކުރެވޭ ގޮތް ހަމަޖެހިގެން ދިއުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ވަރުގަދަ ހެތްކެއްކަމަށެވެ. އަދި އޮމާންގެ ސަރުކާރުން ނިންމި މި ނިންމުމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޒާމުގެ ދަށުން, މުއްދަތު ހަމަނުވާ ޕާސްޕޯޓަކާއެކު ރާއްޖެއިން އޮމާނަށް ދަތުރުކުރާ މީހުންނަށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށް އެގައުމުގައި ތިބެވޭނެއެވެ. ކުރިން ވިސާއެއް ނެގުމަކާނުލައި އޮމާނަށް ދަތުރުކުރުމަށްޓަކައި; ދުރާލައި ހައްދާފައިވާ ހޮޓެލް ބުކިންގއަކާއި ހެލްތު އިންޝުއަރެންސްއާއި ދެކޮޅު ޓިކެޓު އޮންނަންވާނެއެވެ. އަދި ޕާސްޕޯޓުގެ މުއްދަތުގައި މަދުވެގެން 6 މަސްދުވަސް އޮންނަންވާނެއެވެ.

އޮމާނުން ދިވެހިންނަށް ވިސާ މައާފުކޮށްދިނުން، ދިވެހި ސަރުކާރުން ދެކެނީ ދެގައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި އޮމާނުން ރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް